Advertisement

ހާފްވޭ ހައުސްއިން ޑްރަގް ހޭކިފައި ހުރި އެއްޗަކާއެކު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ހާފްވޭ ހައުސް


ހާފްވޭ ހައުސްއިން ޑްރަގް ހޭކިފައި ހުރި އެއްޗަކާއެކު މީހަކު ހައްޔަރުކޮށްފި

ހާފްވޭ ހައުސް އިން ޑްރަގް ހޭކިފައި ހުރި ރަބަރު ޕެކެޓަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. މުލި، ސިމްލާވިލާ، އިބްރާހިމް އަހްމަދު، 36 އެވެ.

ފުލުހުން ބުނީ ހާފްވޭ ހައުސް އިން އޭނާ ހައްޔަރުކުރީ އޭނާ ނިދާ އެނދާއި ކަބަޑު ބަލައިފާސްކުރިއިރު ނިދާ އެނދުމަތިން ޑްރަގް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޭކިފައި ހުރި އެއް ރަބަރު ޕެކެޓް ފެނުމުން ކަމަށެވެ.

ޑްރަގް ހޭކިފައި ހުރި ރަބަރު ޕެކެޓާ ގުޅޭގޮތުން ސުވާލުކުރުމުން އެއީ އޭނާގެ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހާފަ އެވެ.

ފުލުހުން ބުނީ އޭނާއަކީ އެބާވަތުގެ ހައްޔަރާއި ބަންދު ލޮގް އޮތް ފަރާތަކަށްވުމުން ބަންދުން ދޫކޮށްލައިފިނަމަ، ކުށް ތަކުރާރު ކުރުމުގެ އިހުތިމާލު އޮތް ކަމަށް ބެލެވޭ ކަމަށެވެ.

ހާފްވޭ ހައުސްގެ އިތުރުން އެކި ރާއްޖޭގެ ޖަލުތަކަށް ވެސް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް މީހުން ހައްޔަރުކޮށްފައިވެ އެވެ.