about 5 hours 0
ބަންގްލަދޭޝް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
about 5 hours 0
ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން 9-1 އިން ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މި ނަތީޖާއާ އެކީގައި ބަންގްލަދޭޝް އިން ތާވަލުގެ އެއް ވަަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިންޑިއާ އަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބޫޓާނަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވެ އެވެ. ހަތަރެއްގައި އޮތް ނޭޕާލަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޕާކިސްތާންގެ ހުރިހާ މެޗެއް ނިމި، އެ ޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ލަންކާ އަށް ވަނީ ހަތަރު މެޗުން ޕޮއިންޓެއް ލިބިފަ އެވެ. އަދި، ފުލުގައި އޮތް ރާއްޖެ ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.
ބަންގްލަދޭޝް އަށް ބާކީ އޮތީ އާދިއްތަ ދުވަހު ރާއްޖެއާ ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ބަންގްލަދޭޝް އަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.
ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސް ބަންގްލަދޭޝް އިން ނިންމާލީ ހަ ގޯލުގެ ލީޑަކާ އެކު އެވެ. އަދި، މުޅި މެޗަށް ބަލާއިރު ވެސް ބަންގްލަދޭޝް އިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަަވަސްކުރި އެވެ.
ބަންގްލަދޭޝްގެ ކެޕްޓަން، ސަބީނާ ކަތުން ވަނީ މި މެޗުގައި، ހަތަރު ލަނޑު ޖަހައިފަ އެވެ. މިއާ އެކު މުބާރާތުގައި ސަބީނާ ޖެހި ގޯލުގެ ޖުމްލަ އަދަދު ވަނީ 10 އަކަށް އަރައިފަ އެވެ. ޕާކިސްތާން ކޮޅަށް އަނެއް ލަނޑުތައް ޖަހާފައިވަނީ، ނުސްރަތު ޖަހާން އާއި ނިލޫފާ ޔާސްމިން ވެސް ދެ ގޯލު ޖެހިއިރު، ކްރިޝްނާ ރާނީ ވަނީ ގޯލެއް ޖަހައިފަ އެވެ.
މި މެޗުގައި ޕާކިސްތާންގެ ހަމައެކަނި ލަނޑު ޖެހީ އަންމޯލް ހީރާ އެވެ. ޕާކިސްތާންގެ ކީޕަރު، ޒިޔާނާ ޖިވްރާޖް އަށް ވަނީ ދެ ވަނަ ހާފުގައި ރަތް ކާޑެއް ދައްކައިފަ އެވެ.
މުބާރާތުގައި މިއަދު ދެން އޮތީ ރާއްޖެ އާއި ލަންކާ ކުޅޭ މެޗުގެ އިތުރުން ބޫޓާން އާއި އިންޑިއާ ބައްދަލުކުރާ މެޗެވެ.
Comment