Advertisement

ލަންކާ މެޗަކީ ރާއްޖެ އަށް މޮޅުވުން މަޖުބޫރު މެޗެއް: އާތީ

about 2 hours 0

ބެންކޮކް، ތައިލެންޑް

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން އާތީ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް


ލަންކާ މެޗަކީ ރާއްޖެ އަށް މޮޅުވުން މަޖުބޫރު މެޗެއް: އާތީ

about 2 hours 0

ބެންކޮކް، ތައިލެންޑް

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖޭން ލަންކާއާ ދެކޮޅަށް ކުޅޭ މެޗަކީ މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން އެ އަމާޒަށް ވާސިލްވުމަށް ޓީމު މަސައްކަތްކުރަންޖެހޭ ކަމަށް ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު، އާތިފް މުހައްމަދު (އާތީ) ބުނެފި އެވެ.

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލުން 5-0 އިން ރާއްޖެ ބަލިކުރި އެވެ. ތިން ވަނަ މެޗުގައި ރާއްޖެ އަށް ޕާކިސްތާން އަތުން ނާކާމިޔާބުވީ 3-1 އިންނެވެ. އަދި، އެންމެ ފަހުން، ބޫޓާނާ ކުޅުނު މެޗުން ބަލިވީ 4-2 އިންނެވެ.

ބޫޓާން މެޗަށް ފަހު، އާތީ ބުނީ، އެއީ ހަގީގަތުގައި ރާއްޖޭން މޮޅުވެވެން ޖެހޭ މެޗެއް ކަމަށެވެ. އެ މެޗު ގެއްލުނީ ރަނގަޅަށް ޓީމެއްގެ ގޮތުގައި ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވިގެންކަން އާތީ ވަނީ ފާހަގަކޮށްފަ އެވެ.

އާތީ ބުނީ ކުރިއަށް އޮތް ލަންކާ މެޗަކީ ރާއްޖޭން ހާސިލްކުރަން ބޭނުންވާ ކަންކަމަށް ބަލާއިރު ކޮންމެ ހެނެއް ވެސް މޮޅުވާން ޖެހޭ މެޗެއް ކަމަށެވެ.

"ދެން، އޮތީ ލަންކާ މެޗު އެއީ ފައިނަލް މެޗު ކަމަށް ބަލަންޖެހެނީ، ލަންކާ މެޗަކީ އިރާދަކުރެއްވިއްޔާ ނަގަން ޖެހޭ މެޗެއް. މަޖުބޫރު މެޗެއް. އަޅުގަނޑުމެން އައީ އެއް މެޗު ނޫނީ ދެ މެޗު ނަގަން. އެހެންވީމަ، މި މުބާރާތުގައި ކުޅުނު އެންމެ ފަސޭހަ މެޗު މިއަދު (ބޫޓާން މެޗު) މި ކުޅުނީ. އެކަމަކު، މިއަދު ވެސް ނިންމާލުމުގެ ކަންކަން ހުރި ގޮތުން ނުކުރެވުނީ، ދެން، އިރާދަކުރެއްވިއްޔާ ބަންގްލަދޭޝް މެޗުގައި ވެސް ނިކުންނާނީ ރަނގަޅު ފައިޓެއް ދޭން،" އާތީ ބުންޏެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި ބަންގްލަދޭޝް އޮތީ ހަތަަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޑިއާ އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބޫޓާނަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިބާއިރު، ހަތަރެއްގައި އޮތް ނޭޕާލާއި ފަސް ވަނައިގައި އޮތް ޕާކިސްތާނަށް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިިބިފަ އެވެ. މި ފަސް ޓީމަށް ވެސް އަދި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ގެއްލިފައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓް އޮތް ލަންކާ އާއި އަދި ޕޮއިންޓެއް ލިބިފައި ނެތް ރާއްޖެ އަށެވެ.

ރާއްޖޭގެ ކުޅުންތެރިން މި ފަަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވިސްނުންތެރިކަމާ އެކު ކުޅޭނަަމަ، މެޗުތަކުގައި ނަތީޖާ ބަދަލުކުރަން ގިނަ ފުރުސަތުތަކެއް ލިބޭކަން އާތީ ވަނީ ފާހަގަކޮށްފަ އެެވެ.

"ފުޓްސަލް އެއް ނުކުޅެވޭނެ މީހާގެ މެންޓަލީ ފިޓްނުވާ ކަމަށްވެއްޖިއްޔާ، ފިޒިކަލީ މީހާ ކިތަންމެ ރަނގަޅަށް ހުއްޓަސް، މެންޓަލް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ވެއްޖިއްޔާ، މީތި ވަރަށް އުނދަގޫވާނެ، ބައެއް ފަހަރު އެބަޖެހޭ ހޯލްޑް ކޮށްލާފައި، ޑިލޭ ކޮށްލާފައި ޖެހިގެން އަންނަ މީހާ އަށް އޭތި ޖަހާލަން ޗާންސް ދޭން، ކިތަންމެ ފަހަރަކު ދިޔަ، އަޅުގަނޑުމެންގެ ތިން އެޓޭކަރުން، އެކޮޅުގެ ދެ ޑިފެންޑަރުން އައިއިރު، މިއީ ހަމަ ޕްރެކްޓިސްކޮށްފައި ހުރި އެއްޗެހި، މި އެއްޗެހި މެންޓަލީ (ނިންމާ ނިންމުންތައް) ރަނގަޅުވެގެން މި ރަނގަޅުކުރެވޭނީ،" އާތީ ބުންޏެވެ.

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން، ގައުމީ އަންހެން ޓީމަށް އަނިޔާ އާއި ފިޓްނަސްގެ މައްސަަލަތައް އަންނަނީ ދިމާވަމުންނެވެ. އެ ގޮތުން، އެންމެ ފަހުން، ބޫޓާން މެޗުގައި ޓީމުގެ ކެޕްޓަން، ފާތުމަތު ޝާލިޔާ (ޝާ) އަނިޔާއެއްގައި ހުރެ ވެސް ކުޅެން ޖެހުނުއިރު، ޓީމުގެ ހައްވާ ހަނީފާ ހުރީ ސަސްޕެންޝަނެއްގަ އެވެ.

އާތީ ބުނީ، ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގައި ހާލަތު ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 15:00 ގަ އެވެ.