Advertisement

ހުލާސާކޮށް އިއްޔެ: އަދަދު ނޫހުގެ "ސިޔާސީ ކާޓޫނު" ނަގަން އެންގުން

about 2 hours 0

މީޑިއާ ކޮމިޝަންގެ ބައެއް މެންބަރުން


ހުލާސާކޮށް އިއްޔެ: އަދަދު ނޫހުގެ "ސިޔާސީ ކާޓޫނު" ނަގަން އެންގުން

about 2 hours 0

މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އަދަދު ނޫހުން ގެނެސްދިން "ސިޔާސީ ކާޓޫން" އެއް ނެގުމަށް އިއްޔެ އިންޒާރު ދިނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް އަދަދު ނޫހުން ގެނެސްދޭ "ސިޔާސީ ކާޓޫނު" ސެގުމެންޓުގައި އިއްޔެ ގެނެސްދިން ކާޓޫނަކީ ދިވެހި މުޖުތަމައުގައި ވައްކަމާއި ރިޝްވަތު ދިނުން އިތުރުވަމުންދާ މިންވަރު ދައްކުވައިދީފައިވާ ކާޓޫނެކެވެ.

އެ ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮންޓްރޯލް ކޮމިޝަނުން އެންގީ އިއްޔެގެ އޮފީސްތަކުގެ ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ.

"މި މައްސަލަ ބަލައި ނިމެންދެން އެ ސެގުމެންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގުމެންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް އަދަދު ނޫހަށް ދަންނަވަން" އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލް ސޮއިކޮށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ކޮންޓްރޯލް ކޮމިޝަނުން އަދަދު ނޫހަށް އެންގީ އެ މައްސަލާގައި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށެވެ. އެ މައްސަލައާ ގުޅިގެން މިހާރު އަދަދު ނޫހުން ވަނީ އެ ކޮމިޝަނަށް ޖަވާބުދާރީވެފަ އެވެ.

އެ ގޮތުން އެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމަށް އަދަދު ނޫހުން ވަނީ އެދިފަ އެވެ. އަދި ކޮންޓެންޓު ވަގުތީ ގޮތުން ނިންމުމާ މެދު ވެސް އޭރުން ގޮތެއް ނިންމާނެ ކަމަށް އަދަދު ނޫހުން ވަނީ ކޮންޓްރޯލް ކޮމިޝަނަށް އަންގާފަ އެވެ.

މިއީ އަދަދު ނޫހުގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް މީޑިއާ ނެތިކޮށްލާ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ.

މުހިއްމު ބައެއް ހަބަރު