Advertisement

އެމްއައިބީގެ އާ ކަލަންޑަރުން ދިވެހި ބަދިގެތަކުގެ ސަގާފީ ރަހަ

about 1 hour 0


އެމްއައިބީގެ އާ ކަލަންޑަރުން ދިވެހި ބަދިގެތަކުގެ ސަގާފީ ރަހަ

about 1 hour 0

ކެއްކުމަށް ލޯބިކުރާ ފަރާތްތަކާއި، ދިވެހި ރަހަތަކަށް ފޯރި ހުންނަ ފަރާތްތަކަށް މިއީ އުފާވެރި ހަބަރެކެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 2026 ވަނަ އަހަރަށް ނެރުނު ކަލަންޑަރަކީ ހަމައެކަނި ތާރީހު ބަލާލަން އޮތް އެއްޗެއް ނޫނެވެ. މިއީ ދިވެހި ސަގާފީ ރެސިޕީ ފޮތެކެވެ.

ކަލަންޑަރު އެކުލަވާލާފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީރު ރަހަތަކުގެ މައްޗަށެވެ. ޖެނުއަރީ މަހަށް ހާއްސަކޮށްފައި ވަނީ ބަތޮލުންގެ ރަށް، ހއ. އުތީމުގެ މަޝްހޫރު ކަނަމަދު މެޓާގެ ހިތްގައިމު ރަހަ އެވެ.

އެއަށް ފަހު ކުޅުދުއްފުށީ، ހާލުފޮޅި، ލާމު ގޮޅާ ރިހަ، ފުވައްމުލަކުގެ ކައްޓެލި، އޭދަފުށީ ބަތްޕެން، އަދި އައްޑޫ ބޮނޑިހިމެނޭހެން ޖުމުލަ 12 ރަށެއްގެ ހާއްސަ ކެއުންތައް މި ކަލަންޑަރުން ފެންނާނެ އެވެ.

މި ކަލަންޑަރުގެ އެންމެ ސަޅި ކަމަކީ ކޮންމެ މަހެއްގެ ސަފުހާގައިވާ ކިޔޫއާރު ކޯޑުން ކެއުން ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯ ފެނުމެވެ. މި ވީޑިއޯތަކާއެކު، ކޮންމެ މީހަކަށްވެސް މިހާރު މީރު ދިވެހި ކެއުންތައް ތައްޔާރުކޮށްލެވޭނެއެވެ.

މި ކަލަންޑަރުގެ މަގުސަދަކީ އާ ޖީލުތަކަށް ދިވެހި ސަގާފީ ކާނާގެ މުއްސަނދިކަން ބުނެދީ، އަމިއްލަވަންތަކަން އާލާކުރުން ކަމަށް އެމްއައިބީން ބުނެ އެވެ.

މީލާދީ އަދި ހިޖުރީ ތާރީހު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި ރީތި ކަލަންޑަރަކީ، 2026 ވަނަ އަހަރު ބަދިގެއާއި ގޭތެރެ ޒީނަތްތެރިކޮށްލަން ލިބޭނެ އެންމެ "ރަހަ މީރު" އުފެއްދުމެވެ.