Advertisement

260 ގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ހައްޔަރުކުރި ދެ މީހުން -- ފޮޓޯ: ފުލުހުން


260 ގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 266.29 ގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ގަލޮޅު ގެއެއް ބަލައިފާސްކޮށް ހައްޔަރުކުރީ ގއ. ވިލިނގިލި، ބުލާފަރުގެ، އަމްޖަދު ރިގާބް، 36 އަދި ށ. ނޫމަރާ، މޯނިންސްޓާ، މުހައްމަދު ނާއިފް، 28 އެވެ.

އެމީހުން ހައްޔަރުކުރި ގެއިން ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާއިރު، އެ ގޭގައި ކުރިންވެސް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަމްޖަދު ރިގާބްގެ ބަންދަށް ފަސް ދުވަސް އަދި މުހައްމަދު ނާއިފް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ނަމަވެސް މުހައްމަދު ނާއިފްގެ އިތުރުން އަމްޖަދު ރާގިބު ވެސް ކޯޓުގައި ބުނީ އެ ދެ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ ދެ މީހުންނަކީ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ނުކުރާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.