Advertisement

ގްރީންލޭންޑް ހޯދަން ބާރުގެ ބޭނުން ނުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

about 2 hours 0

ޖުލައި 15، 2024 ގައި، ގްރީންލޭންޑްގެ އިލުލިސެޓްގެ ޑިސްކޯ ބޭގައި ގަނޑުފެންގަނޑުތައް އޮޔާދަނީ.


ގްރީންލޭންޑް ހޯދަން ބާރުގެ ބޭނުން ނުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

about 2 hours 0

ގްރީންލޭންޑް ހޯދަން ބާރުގެ ބޭނުން ނުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސްވިޒަލޭންޑްގެ ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑް އެމެރިކާއާ ގުޅުވުމަކީ މުހިންމު ކަމެއް ނަމަވެސް، އެކަން ކުރުމުގައި "ބާރުގެ ބޭނުން ނުކުރައްވާނެ" ކަމަށެވެ.

"މީހުން ހީކުރީ އަހަރެން ބާރުގެ ބޭނުންކޮށްފާނެ ކަމަށް. އަހަރެން ބާރުގެ ބޭނުން ކުރާކަށް ނުޖެހޭނެ. ބާރު ބޭނުންކުރާކަށް ބޭނުމެއްވެސް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގްރީންލޭންޑް އެމެރިކާއަށް ހޯދުމަށްޓަކައި މިހާރުން މިހާރަށް މަޝްވަރާތައް ފެށުމަށް ބޭނުންވާ ކަމަށެވެ.

ނަމަވެސް ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކޭ ރަސްމުސެން ވަނީ ގްރީންލޭންޑް އެމެރިކާއަށް ދިނުމާ ބެހޭ އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

"އަސާސީ އުސޫލުތައް ދޫކޮށްލާފައި އަހަރެމެން މަޝްވަރާއަކަށް ނުދާނަން،" ރަސްމުސެން ވިދާޅުވިއެވެ.

މީގެ އިތުރުން ނޭޓޯގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ޓްރަމްޕް އިޝާރާތް ކުރެއްވި އޮނިގަނޑުގެ ދަށުން ކުރެވޭ މަޝްވަރާތައް ބިނާވާނީ އާކްޓިކް ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

ގްރީންލޭންޑްގައި ރަޝިޔާ ނުވަތަ ޗައިނާއިން އަސްކަރީ ނުވަތަ އިގްތިސާދީ ނުފޫޒެއް ފޯރުވިޔަ ނުދިނުމަށް ޑެންމާކާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރެވޭނެއެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއްގައި ހައްޔަރު ކުރުމަށް ފަހު، އެ ގައުމު ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ ބާރުގެ ދަށުން ކަމަށް ބުނެފައިވެ އެވެ.