Advertisement

އިންޓަ އަށް ހަ ޕޮއިންޓުގެ ލީޑެއް، ޔުވެންޓަސް ބަލިވެއްޖެ

about 1 hour 0


އިންޓަ އަށް ހަ ޕޮއިންޓުގެ ލީޑެއް، ޔުވެންޓަސް ބަލިވެއްޖެ

about 1 hour 0

އުޑިން، އިޓަލީ (ޖެނުއަރީ 18) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ 1-0 އިން ބަލިކޮށް އިންޓަ މިލާނުން އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގިއިރު، ކަލިއަރީ އަތުން ޔުވެންޓަސް 1-0 އިން ބަލިވެއްޖެ އެވެ.

ރޭގެ ނަތީޖާއާ އެކު، އިންޓަ އިން އެއް ވަނައިގައި އޮތީ 21 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 20 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ރޭ ސަސުއޯލޯ އަތުން 1-0 އިން މޮޅުވި ނަޕޯލީން ވަނީ 21 މެޗުން 43 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރެއްގައި އޮތް އޭއެސް ރޯމާ އަށް 20 މެޗުން 39 ޕޮއިންޓް ލިބުނުއިރު، ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް 39 ޕޮއިންޓް ލިބިފައިވަނީ 21 މެޗުންނެވެ.

އުޑިނޭޒީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި އިންޓަގެ ކެޕްޓަން ލައުޓާރޯ މާޓީނޭޒް ޖެހި ބޯޅަ އުދިނޭޒީ ކީޕަރު މަޑޫކާ އޮކޯޔާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 20 ވަނަ މިނިޓްގައި އިންޓަ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މާޓީނޭޒް އެވެ. މިއީ ޕިއޯ އެސްޕޮސީޓޯ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު މާޓީނޭޒް ޖެހި ގޯލެކެެވެ. އޭގެ ހަތް މިނިޓް ފަހުން، އިންޓަ އަށް ލީޑުފުޅާކޮށްދޭން ފެޑެރީކޯ ޑި މާކޯ ޖެހި ޝޮޓެއް ކީޕަރު އޮކޯޔާ ވަނީ މަތަކޮށްފަ އެވެ.

އުދިނޭޒީގެ ޖަކުބް ޕިއޮޓްރޯވްސްކީ ޖެހި ޝޮޓެއް އިންޓަގެ ކީޕަރު، ޔެން ސޮމާ ވަނީ ހުއްޓުވައިފަ އެވެ.

ކަލިއަރީން ޔުވެންްޓަސް ބަލިކުރިއިރު ލަނޑު ޖެހީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. މިއީ، މިޑްފީލްޑަރު، ލޫކާ މަޒިޓެލީ އެވެ. ނަޕޯލީ އަށް ރޭގެ މެޗު ކާމިޔާބުކޮށްދިން ލަނޑު ޖެހީ، ސްޓަނިސްލާވް ލޮބޯޓްކާ އެވެ.