Advertisement

ޓީމުތަކުން މި ދައްކާ ކުޅުމުން މެޗުތައް ފެންނަނީ އުނދަގޫކޮށް: ގައުމީ ފުޓްސަލް ކޯޗު

about 2 hours 0

ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ފުޓްސަލް ކޯޗު ފާރޫކް،--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް


ޓީމުތަކުން މި ދައްކާ ކުޅުމުން މެޗުތައް ފެންނަނީ އުނދަގޫކޮށް: ގައުމީ ފުޓްސަލް ކޯޗު

about 2 hours 0

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަކުން މި ދައްކާ ކުޅުމަށް ބަލާއިރު ކުރިއަށް ހުރި މެޗުތައް ފެންނަނީ އުނދަގޫކޮށް ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ދެކުނު އޭޝިއާ ސަރަހައްދުގެ ހަތް ގައުމުން ވާދަކުރެ އެވެ. ފިރިހެން ޑިވިޝަނުގެ ފުރަތަމަ ތިން މެޗު ނިމުނުއިރު މޮޅެއް ލިބުނީ ރާއްޖެ އަށް އެކަންޏެވެ.

އެ ގޮތުން، ފުރަތަމަ މެޗުގައި ބޫޓާން އާއި ސްރީ ލަންކާ 3-3 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި، ބަންގްލަދޭޝް އާއި އިންޑިއާ ވަނީ 4-4 އިން އެއްވަރުވެފަ އެވެ. ރާއްޖޭން ޕާކިސްތާން ބަލިކުރީ 7-1 އިންނެެވެ. ލީގު އުސޫލުން ކުޅޭ ސާފް ފުޓްސަލް މުބާރާތުގެ ފުރަތަމަ މޮޅާ އެކު، ރާއްޖެ އޮތީ އެއް ވަނައިގަ އެވެ.

"ފުރަތަމަ މެޗު ވަރަށް މުހިންމު ވެފައި އޮތީ، ވަރަށް އުފަލުން މި ހުރީ އެ މެޗުން މޮޅުވީމަ މި މެޗުން. ދެން، އަހަރެމެން ދެން ރިކަވަރީ އަށް ވިސްނައިގެން ދެ ވަނަ މެޗަށް ރަނގަޅަށް ތައްޔާރުުވުން އޮތީ،" ފުރަތަމަ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ކޯޗު ފާރޫކް ބުނެފައިވެ އެވެ.

"އަހަންނަށް ފެންނަ ގޮތުގައި ހުރިހާ ޓީމެއް ވެސް ވާދަކުރަން ތަައްޔާރަށް މި އޮތީ ކުޅެން. މި ހުރިހާ ޓީމަަކުން ވެސް މި ދައްކާ ކުޅުމުން ފެންނަނީ ވަރަށް ވަރުގަދަކޮށް،"

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަޑް ތައްޔާރުވާން، ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ޑިސެމްބަރު މަހު އެއް ވަނަ ދުވަހު، ޕްރެކްޓިސް ފަށައި، މުބާރާތުގައި ވާދަކުރަން ތައިލެންޑުގެ ވެރިރަށް ބެންކޮކަށް އައީ ޗައިނާގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. ޗައިނާގައި ޓްރެއިނިން ކޭމްޕްގައި މެޗުތަކެއް ކުޅުނުއިރު، ރާއްޖޭގެ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ވަނީ ކުޅުންތެރިންގެ ކުރިއެރުން ފާހަގަކޮށްފަ އެވެ.

ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި، މިއަދު ބަންގްލަދޭޝާ ވާދަކުރާއިރު، މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގަ އެވެ.