about 2 hours 0
ލީވާން އަލީ ނާސިރު
about 2 hours 0
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިިކަން (މީޑިއާ ގްރާންޓް) ދޫކުރާ ޕްރޮގްރާމުގެ ދަށުން 40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް 40 މީޑިއާއަކަށް މީޑިއާ ގްރާންޓް ޖަމާކޮށް ނިމިފައިވާ ކަމަށެވެ.
މީޑިއާ ގްރާންޓުން އެންމެ ގިނައިން ފައިސާ ލިބެނީ މިހާރު ނޫހާއި އެ ނޫހުގެ އިނގިރޭސި ބައި ކަމަށްވާ ދަ އެޑިިޝަންއަށެވެ. މިހާރަށް 793،214.45ރ. ލިބޭއިރު، ދަ އެޑިޝަނަށް 633,292.18ރ. ލިބެ އެވެ. އެހެންކަމުން އެ ދެ މީޑިއާ އެއްކޮށްލުމުން 1،426،506.63ރ. ލިބެ އެވެ.
ފައިދާ ދޫކުރާ ޖުމްލަ 40 މީޑިއާގެ ތެރެއިން 1،081،074.53 މިލިއަން ރުފިޔާއާއެކު ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ ސަންގު އޮންލައިނަށެވެ. ތިންވަނައަށް 1،068،280.75ރ. އާއެކު އެންމެ ގިނައިން ފައިސާ ލިބެނީ ސަންއަށެވެ.
މިއީ މީޑިއާ ގްރާންޓަށް ޝަރުތު ހަމަވާ މީޑިއާތައް އިއުލާންކުރި ދެވަނަ ފަހަރެވެ. ޔޫތު މިނިސްޓްރީން މީގެ ކުރިން މީޑިއާ ގްރާންޓަށް ހުޅުވާލުމުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދިނުމަށް ނިންމި އެވެ. ނަމަވެސް އަމާޒުވި ފާޑުކިޔުންތަކާއެކު ކުއްލިއަކަށް އެ ލިސްޓު މިނިސްޓްރީން ބާތިލުކުރި އެވެ.
ފަހުން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މީޑިއާތަކަށް ފައިސާ ދޫކުރުމަށް އެންމެ ރަނގަޅީ މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) ކަމަށް ދެކޭތީ އެ ޒިންމާ އެ ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮންޓްރޯލް ކޮމިޝަނުން މީޑިއާ ގްރާންޓަށް ކުރިމަތިލާން ހަފްތާ ބަންދު ހިމެނޭ ގޮތަށް ދެ ދުވަހުގެ މުއްދަތެއް ދިނުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment