about 11 hours 0
ލީވާން އަލީ ނާސިރު
ރާއްޖެއަށް ޗުއްޓީ ހޭދަކުރަން 60 ފަހަރު އައި ދެމަފިރިން: އެ ދެމަފިރިން މަރުވީ ދެ ހާދިސާއެއްގައި
about 11 hours 0
ރާއްޖެއަށް 60 ވަނަ ފަހަރަށް ޗުއްޓީ ހޭދަކުރަން އައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެމަފިރިއަކު، އެއްލައިދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު ރާއްޖެއިން ނުފުރެނީސް ވަކި ދެ ހާދިސާއެއްގައި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އއ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅެނިކޮށް މަރުވީ އެލައިނީ ރިޗްމޮންޑް، 70، އާއި އޭނާގެ ފިރިމީހާ މެލްކޮމް ޖޯން ރިޗްމޮންޑް، 71، ކަމަށެވެ.
އެލައިނީ މަރުވީ، ރިސޯޓުގެ ފަރު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ޑިސެމްބަރު 19، ގަ އެވެ. ޑައިވިންއަށް ދިޔައީ ފިރިމީހާއާއެކު އެވެ. ރިޗްމޮންޑް މަރުވީ އަނބިމީހާގެ މަރަށް ފަހު ޑިސެމްބަރު 21، ގައި އެނބުރި ގައުމަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓައި ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
ދެމަފިރިން މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެމަފިރިންގެ އެއްވެސް ދަރިއަކު ނުހުންނަ ކަމަށާއި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 29، ގައި އިނގިރޭސިވިލާތުގައި ކަމަށް މައުލޫމާތު އެނގޭ މީހާ ޑެއިލީމެއިލްއަށް ބުންޏެވެ.
ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް 60 ވަނަ ފަހަރު އައި އެ ދެމަފިރިން ޗުއްޓީހޭދަކުރަން ގޮސްފައިވަނީ ހަމައެކަނި އެއްލައިދޫ ރިސޯޓަށްކަން އެނގިފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެ ދެމަފިރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައި ކަމަށްވެ އެވެ.
Comment