about 2 hours 0
ނިކީ ބުނި ގޮތުގައި މި ފަރުވާގެ ނަތީޖާތަކުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ
about 2 hours 0
'ހައިޕޮޓޮނީ' ކިޔާ ނާދިރު ނަމަވެސް ނުރައްކާތެރި ލޮލުގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުންގެ ފެނުން އަނބުރާ ހޯދައިދީ، ލޯ އަނދިރިވުމުން ސަލާމަތްކޮށްދެ ފަރުވާއެއް ލަންޑަނުގެ މޫރްފީލްޑްސް އައި ހޮސްޕިޓަލުގެ ޑޮކްޓަރުން އީޖާދުކޮށް، ފަރުވާ ކާމިޔާބުކޮށްފި އެވެ. މިއީ މީގެ ކުރިން ފަރުވާއެއް ނެތް، އަދި ފަރުވާ ދިނުން މުސްތަހީލު ކަމަށް ބެލެވިފައިވާ ބައްޔެކެވެ.
ހައިޕޮޓޮނީ އަކީ ލޮލުގެ އެތެރޭގެ ޕްރެޝަރު އިންތިހާއަށް ދަށްވުމުގެ ސަބަބުން ލޯ އެތެރެއަށް ފިިތި، އޭގެ ބައްޓަން ގެއްލިގެންދާ ބައްޔެކެވެ. މިކަން މިހެން ދިމާވަނީ، ލޮލަށް ލިބޭ އަނިޔާއެއްގެ ސަބަބުން ނުވަތަ ލޮލުގައި އިންފްލެމޭޝަންގެ ސަބަބުން، ލޮލުގެ އެތެރޭގައި ހުންނަ ގުދުރަތީ ޖެލް ފަދަ ދިޔާ މާއްދާ އުފައްދައިދޭ މިންވަރު މަދުވުމުންނެވެ.
މީގެ ކުރިން މި ބައްޔަށް ބޭނުންކުރި ސިލިކޯން އޮއިލް ފަދަ ފަރުވާތަކުން ލޮލުގެ ފެނުން ސާފެއް ނުވެއެވެ.
މޫރްފީލްޑްސްގެ މާހިރުން މި ފަރުވާއަށް ބޭނުންކޮށްފައިވަނީ އަގުހެޔޮ، ފެނުގެ އަސަރު އެކުލެވޭ ޖެލްއެއް ކަމަށްވާ "ހައިޑްރޮކްސީޕްރޮޕައިލް މެތިލްސެލިއުލޯސް" އެވެ. މި ޖެލް ލޮލުގެ ތެރެއަށް ޖަހައިގެން ކުރި ތަޖުރިބާގައި ބައިވެރިވި އަށް މީހުންގެ ތެރެއިން ހަތް މީހުންނަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މި ފަރުވާ އެންމެ ފުރަތަމަ ހޯދި 47 އަހަރުގެ ނިކީ ގާއި ބީބީސީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ، މިއީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ކަމެއް ކަމަށެވެ. ކުރިން ހަމައެކަނި އިނގިލިތައް ގުނާލެވޭ މިންވަރަށް ފެނުން ދަށްވެފައި ހުރި ނަމަވެސް، މިހާރު އޭނާއަށް އަކުރުތައް ކިޔައި، ދަރިފުޅު ބޮޑުވަމުން އަންނަ މަންޒަރު ފެންނަ ކަމަށް އޭނާ ބުންޏެވެ.
މި މަސައްކަތުގައި އިސްކޮށް އުޅުއްވި ޑޮކްޓަރު މިސްޓަރ ހެރީ ޕެޓްރޫޝްކިން ވިދާޅުވީ، މިއީ ހީކުރި ވަރަށް ވުރެ މާ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ދެ ލޮލުގެ ފެނުން އެއްކޮށް ގެއްލެން ގާތްވެފައި ހުރި މީހަކު މިއަދު އެ އުޅެނީ އާދައިގެ ދިރިއުޅުމެއް. މިއީ ހައިރާންކުރުވަނިވި ނަތީޖާއެއް،" އޭނާ ވިދާޅުވިއެވެ.
މި ފަރުވާ މިހާތަނަށް 35 މީހަކަށް ދީފައިވާއިރު، އިނގިރޭސިވިލާތުގައި އެކަނިވެސް އަހަރަކު އެތައް ހާސް ބަޔަކަށް މިކަމުގެ ސަބަބުން ފައިދާކުރާނެ ކަމަށް ބެލެވެއެވެ. މި ފަރުވާ އާންމުކޮށް ދެނީ 10 މަސް ދުވަހުގެ މުއްދަތަށް، ކޮންމެ ތިނެއް ނުވަތަ ހަތަރު ހަފުތާއަކުން އެއްފަހަރު ޖެލް އިންޖެކްޓް ކޮށްގެންނެވެ.
Comment