Advertisement

ރެއާލް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

12 ޖަނަވަރީ 2026 - 07:20 0


ރެއާލް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

12 ޖަނަވަރީ 2026 - 07:20 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 12) - ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ވަނީ ހޯދައިފި އެވެ.

މިއީ ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. ބާސެލޯނާ އިން މިދިޔަ އަހަރުގެ ސުޕަ ކަޕް ކާމިޔާބުކުރީ 5-2 އިން ރެއާލް ބަލިކޮށްފަ އެވެ. އެކަމަކު، މި ފަހަރުގެ ސުޕަ ކަޕް ދިޔައީ އެ އަށް ވުރެން ފޯރިގަދަކޮށެވެ.

ކިންގް އަބްދުﷲ ސްޕޯޓް ސިޓީގެ އަލިންމަ ބޭންކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި، 36 ވަނަ މިނިޓްގައި ރަފީނިއާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. ލީޑުފުޅާކުރަން ލަމީން ޔަމާލް ޖެހި ޝޮޓެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ މަތަކުރި އެވެ.


ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ބާސެލޯނާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެކަމަކު، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ އަލުން ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. ރެއާލުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާ ވެސް އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ ކޯނަރެއްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޮންޒާލޯ ގާސިއާ އެވެ.

ބާސެލޯނާ މޮޅުވި ގޯލު ޖެހީ މެޗުގެ 73 ވަނަ މިނިޓްގައި ރަފީނިއާ އެވެ. މިއީ، އޭރިއާ ތެރެއިން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ރަފީނިއާ ޖެހި ގޯލެކެވެ. ތިން ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ރެއާލުން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ބާސެލޯނާ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. ކީލިއަން އެމްބާޕޭ އަށް ކުރި ނުރައްކާތެރި ފައުލަކަށް ފްރެންކީ ޑި ޔޯން އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.