about 5 hours 0
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އިރާނާ ބެހޭގޮތުން ނަޝީދު ކުރެއްވި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި -- ފޮޓޯ: އަދަދު
about 5 hours 0
އިރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ މުސްލިމުންނާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައުއިން އިރާނުގެ ސަރުކާރު ދިފާއު ކުރުމުގެ ބަދަލުގައި، މިވަގުތު ތިބެންވީ އިރާނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
"އިރާނުގެ ރައްޔިތުން މަގުތަކަށް ނިކުމެ ޑިމާންޑުކުރަމުންދަނީ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލައި، އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަމުން އައި އަނިޔާވެރިކަމާ ދެކޮޅަށް،" ނަޝީދު ވިދާޅުވި އެވެ.
އެ ޕޯސްޓަށް ރިޕްލައިކުރި މީހުން ވަނީ ނަޝީދާ ހިޔާލު ތަފާތުކަން ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ނަޝީދަށް ތާއީދުކުރާ މީހުން ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.
ބައެއް މީހުން ބުނީ އިރާނު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ނުވެގެން އުޅެނީ ފާއިތުވެދިޔަ 40 އަށްވުރެ ގިނަ އަހަރު ހުޅަނގުގެ ގައުމުތަކުން އެ ގައުމަށް އަމާޒުކުރާ ފިއްތުންތަކުން ކަމަށެވެ.
މީގެއިތުރުން ގިނަ މީހުން ބުނީ އިރާނުގައި ހިނގަމުންދާ ކަންކަމަކީ މިނިވަންކަން ހޯދުމަށްވުރެ ވަކި ބައެއްގެ އަތްދަށަށް ގައުމު ގެންދަން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެ ވިސްނުމަށް ނަޝީދު ތާއީދުކުރައްވާ ކަމަށް ވެސް ބައެއް މީހުން ވަނީ ތުހުމަތުކޮށްފަ އެވެ.
އިރާނަށް މީގެކުރިން އަމާޒުކުރި ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވިއިރު ނަޝީދު އެއްޗެއް ވިދާޅުނުވީ ކީއްވެތޯ ވެސް ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.
އިރާނުގައި ސަރުކާރާ އެއްކޮޅުކަން ހާމަކުރަން އަދި ދެކޮޅުކަން ހާމަކުރަން ވެސް މުޒާހަރާތައް ދަނީ ކުރަމުންނެވެ. ނަމަވެސް ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރުގަދަވެ، އެ މުޒާހަރާތަކުގައި ގިނަ ތަންތަނުގައި ރޯކޮށް ހަމަނުޖެހުން ހިންގަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިރާނުގައި ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އިރާނުގެ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގައި ހަމަނުޖެހުން ހިންގުމަށް އެމެރިކާ ސަރުކާރުގެ އަތެއް އެބައޮތެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވީ އިރާނުގެ ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަމަށެވެ. އެގޮތުން އެ ބަދަލު ގެންނަން އެމެރިކާއިން އެހީތެރިކަން ދޭން އޮތީ ތައްޔާރަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
Comment