Advertisement

މިއީ ގޯލްޑަން ތާރީހުގައި ނައިވާދޫ އަށް އެންމެ ޗެލެންޖް ބޮޑުވާނެ ފަަހަރު

about 17 hours 0

ނައިވާދޫ ޓީމުގެ ކެޕްޓަން ޔާންޓެ،--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


މިއީ ގޯލްޑަން ތާރީހުގައި ނައިވާދޫ އަށް އެންމެ ޗެލެންޖް ބޮޑުވާނެ ފަަހަރު

about 17 hours 0

މިއީ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހދ. ނައިވާދޫ އަށް އެންމެ ޗެލެންޖް ބޮޑުވާނެ ފަހަރު ކަމަށް އެ ޓީމުގެ ކެޕްޓަން، ޔާމީން މުހައްމަދު (ޔާންޓެ) ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރަނަރަޕަށް ދިޔަ ނައިވާދޫ އަކީ، އެ މުބާރާތުގައި، ހަތް ފަހަރު ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި، ޒޯން އެކެއްގެ ތަށި ތިން ފަހަރު ހޯދާފައިވާ ޓީމެކެެވެ. އެކަމަކު، ނައިވާދޫ އަށް ދިމާވި ހާލަތްތަކާ ހެދި މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުޅެން ޖެހިފައިވަނީ، އެންމެ ވަރުގަދަ ޓީމާ އެކު އެއް ނޫނެވެ.

އެ ގޮތުން، ނައިވާދޫގެ މުހިންމު ހަތަރު ކުޅުންތެރިން ކަމަށްވާ، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ)، އަދި، އިބްރާހިމް ނާޖިހު (ހޭޓް) ގައުމީ ފުޓްސަލް ޓީމާއެކު މި ވަގުތު ހުރިއިރު، މިދިޔަަ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ގިނަ ގޯލު ޖެހި، މުހައްމަދު ޝާއިން (ޝާއިންޓެ) އަނިޔާގައި ހުރިއިރު، އެ ޓީމުގެ، އަބްދު ވިޝާމް (ވިޝަންޓެ) އަށް ވެސް ވަނީ އަނިޔާވެފަ އެވެ.

"މިއީ ގޯލްޑަން ތާރީހުގައި ނައިވާދޫ އަށް އެންމެ ޗެލެންޖިން ފަހަރު ކަަމަށް މި ބަލަނީ،" މި ފަހަރުގެ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނައިވާދޫން ކުޅުނު ފުރަތަމަ މެޗުގައި، ފިނޭ އަތުން 4-0 އިން މޮޅުވި މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ޔާންޓެ ބުންޏެވެ.

އޭނާ ބުނީ، ވަރަށް ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން މުބާރާތުގައި ވާދަކުރަން ޖެހުނީ އެންމެ ސީނިއާ ކުޅުންތެރިން ނެތި ކަމަށެވެ.

"އެންމެ ސީނިއާ ޓޮޕް ހަތަރު މީހުން ނުލައި މި ކުޅެނީ، އެހެންވެގެން، އެ އުނދަގޫ، އެ ޕްރެޝަރު ޓީމު ތެރޭގައި ކުޑަކޮށް އިންނަހެން ހީވޭ، އެކަމަކު، ޕްރެކްޓިސްތަކަށް ބަލާފައި، ފެށުނު ވަރާ ބަލާފައި މިހާރު ވަރަށް އިމްޕްރޫވް، ފުރަތަމަ މެޗު ނަގާލެވުނީމަ ކޮންފިޑެންސް ލިބިފައި ކަމަށް މި ބަލަނީ ކުދިންތަަކަށް އަސްލު ތިބީ. ދެން، ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ޔާންޓެ ބުންޏެވެ.

އޭނާ ބުނީ، ކުރިން އަހަރުތަކާ އަޅާކިޔާއިރު، ހދ. އަތޮޅުގެ ޓީމުތައް ކުރިއަށްވުރެން ރަނގަޅުވަމުން އަންނަ ކަމަށެވެ.

"ޕްރެކްޓިސްތަކުގައި ވެސް ފެނޭ، މި ފަަހަރު އަތޮޅު މުބާރާތުން ވެސް ފެނުނު ކުރިއަށް ވުރެން ހުރިހާ ޓީމެއް ރަނގަޅު، އަހަރަކަށް ފަހު އަހަރެން ޗެލެންޖިން، ހީވޭ، އެންމެ ޗެލެންޖިން ފަހަރެއްހެން މި ފަހަރު ވާނީ،" ޔާންޓެ ބުންޏެވެ.

މި ފަަހަރުގެ މުބާރާތަށް ތައްޔާރުވާން ލިބުނު ވަގުތާ ބަލާފައި ޖުމްލަކޮށް ޓީމުގެ ކުރިއެރުން ފެންނަ މިންވަރު ރަނގަޅުކަން ޔާންޓެ ވަނީ ފާހަގަކޮށްފަ އެވެ. އަދި، ޕްރެކްޓިސް ކޮށްލަން ދަނޑު ލިބިގެން މަދު ވަގުތުތަކެއް ފަރިތަކުރެވުނު ކަމުގައި ވިޔަސް، ޓްރެކަށް ގޮސް ފިޓްނަސް އަށް މަސައްކަތް ކުރެވުނު ކަމަށާއި މި ކަންކަމަށް ބަލާއިރު، ފުރަތަމަ މެޗުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށް ޔާންޓެ ވަނީ ބުނެފަ އެވެ.

ނައިވާދޫން ގްރޫޕްގައި ކުޅޭ ދެ ވަނަ މެޗުގައި، މިރޭ 9 ޖަހާއިރު ކުޅޭނީ ކުމުންދޫއާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - އދ. މަހިބަދޫ - އދ. ދަނގެތި

16:00 - އދ. ހަންޏާމީދޫ - އދ. ކުނބުުރުދޫ

17:00 - އދ. މަންދޫ - އދ. އޮމަދޫ

17:00 - އދ. ފެންފުށި - އދ. މާމިގިލި

--------------------------------------------

20:00 - ހދ. މަކުނުދޫ - ހދ. ނޮޅިވަރަންފަރު

20:00 - ހދ. ނެއްލައިދޫ - ހދ. ފިނޭ

21:00 - ހދ. ނޮޅިވަރަން - ހދ. ނޭކުރެންދޫ

21:00 - ހދ. ކުމުންދޫ - ހދ. ނައިވާދޫ

22:00 - ހއ. ކެލާ - ހއ. ފިއްލަދޫ

22:00 - ހއ. ދިއްދޫ - ހއ. ވަށަަފަރު

23:00 - ހއ. މާރަންދޫ - ހއ. މުރައިދޫ

23:00 - ހއ. ބާރަށް - ހއ. ހޯރަފުށި