Advertisement

އެތުލެޓިކޯ ބަލިކޮށް ރެއާލުން މި ފަހަރު ވެސް ސުޕަ ކަޕް ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް

9 ޖަނަވަރީ 2026 - 08:22 0


އެތުލެޓިކޯ ބަލިކޮށް ރެއާލުން މި ފަހަރު ވެސް ސުޕަ ކަޕް ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް

9 ޖަނަވަރީ 2026 - 08:22 0

ޖިއްދާ، ސައުދީ އަރަބިއްޔާ (ޖެނުއަރީ 9) - ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި، އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ރެއާލް މެޑްރިޑުން މި ފަހަރުގެ ފައިނަލުގައި ވެސް ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެތުލެޓިކް ބިލްބާއޯ، 5-0 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި އެވެ. މާދަމާރޭގެ ފައިނަލުގައި ބާސެލޯނާ އިން ރެއާލާ ދެކޮޅަށް ކުޅެން ޖެހުނުއިރު، މިދިޔަ އަހަރުގެ ފައިނަލުގައި ބާސެލޯނާ އިން 5-2 އިން ރެއާލްގެ މައްޗަށް ކުރިހޯދައި، 15 ވަނަ ސުޕަ ކަޕް ހޯދި އެވެ.

އަލިންމާ ބޭންކް ސްޓޭޑިއަމްގައި ރޭ 50،000 އަށް ވުރެން ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި، ރެއާލުން ވަނީ، ދެ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، ހިލޭ ޖެހުމަކުން ފެޑެރީކޯ ވަލްވޭޑޭ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ މެޗުގެ 55 ވަނަ މިނިޓްގައި، ރެއާލުގެ ރޮޑްރީގޯ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑުފުޅާކޮށްދީފަ އެވެ. މި ލަނޑު ޖަހަން ރޮޑްރީގޯ އަށް ފުރުސަތު ހޯދައިދިނީ މެޗުގައި މޮޅަށް ކުޅުނު ވަލްވޭޑޭ އެވެ.

ރެއާލުން ދެ ގޯލުގެ ލީޑެއް ނެގިތާ ތިން މިނިޓް ފަހުން، އެތުލެޓިކޯގެ ލަނޑު ޖެހީ އަލެކްސަންޑަ ސޯލޯތު އެވެ. މިއީ، ސިމިއޯނީ ނެގި ހުރަހަކުން ސޯލޯތު ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، އެތުލެޓިކޯ އިން ފުރުސަތުތަކެއް ހޯދައި ނަތީޖާ ހަމަހަަމަކުރެވޭތޯ މަސައްކަތްތަކެއް ކުރި ނަމަވެސް އިތުރު ގޯލެއް ނުޖެހުނެވެ. އެ ޓީމުގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒް ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިކައިރިން ބޭރުން ގޮސްފަ އެވެ.