Advertisement

ކިނބިދޫ އާއި ތިމަރަފުށްޓައް މޮޅެއް، އޮމަދޫ އާއި ހިރިލަންދޫ އެއްވަރު

about 22 hours 0

ކިނބިދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ކިނބިދޫ އާއި ތިމަރަފުށްޓައް މޮޅެއް، އޮމަދޫ އާއި ހިރިލަންދޫ އެއްވަރު

about 22 hours 0

ހިއުންޑާއިި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި، ތ. އަތޮޅު ބުރުގައި ތިމަރަފުށްޓާއި ކިނބިދޫން މޮޅަކުން ފެށިއިރު، އޮމަދޫ އާއި ހިރިލަންދޫގެ ކުރިމަތިލުން 1-1 އިން އެއްވަރުވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި ތިމަރަފުށިން ރޭ ވަނީ 3-0 އިން ވަންދޫ ބަލިކޮށްފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން، ހިރިލަންދޫ އާއި އޮމަދޫ ވީ އެއްވަރެވެ.

ވަންދޫ ކޮޅަށް ތިމަރަފުށިން ލީޑުނެގީ އެ ޓީމުގެ ހުސެއިން އަފީފް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއީ، އަހުމަދު އަފްލާޒް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، އަފީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން، ބަދަލަކަށް ކުޅެން އަރައި، އިސްމާއިލް މުނީޒް ވަނީ ތިމަރަފުށީގެ ދެ ލަނޑު ޖަަހައިފަ އެވެ. ދެ ވަނަ ހާފުގައި އިތުރު ގޯލު ޖަހަން ލިބުނު ފުރުސަތުތައް ތިމަރަފުށްޓައް ބޭނުމެއް ނުކުރެވުނެވެ.

ވަންދޫގެ ޝިފާން (ކ) ކައިރިން ތިމަރަފުށީގެ އަފްލާޒް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


މި ގްރޫޕްގައި، އޮމަދޫގެ ހަސަން ކިއާން ސިނާންގެ ލަނޑުން އެ ޓީމުން ލީޑުނެގިއިރު، ހިރިލަންދޫ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، މުހައްމަދު މިންވާލް އެވެ.

ގްރޫޕް ބީގައި ރޭ ކިނބިދޫން ވަނީ ފޯރިގަދަ ކުރިމަތިލުމަކަށް ފަހު، 3-2 އިން ގާދިއްފުށި ބަލިކޮށްފަ އެވެ. މި މެޗުގައި، މުހައްމަދު އައިހަމް އެ ޓީމަށް ލީޑުނަގައިދިންއިރު، ކިނބިދޫ އަށް ފުރަތަމަ އެއްވަރުކޮށްދިނީ، މުހައްމަދު ޝާފިއު އެވެ. ދެ ވަނަ ފަހަރަށް ގާދިއްފުށިން މުހައްމަދު ސާހިލްގެ ގޯލުން ލީޑުނެގިއިރު، ކިނބިދުން އެއްވަރުކުރީ އަބްދުﷲ ސަމީހު ޖެހި ގޯލުންނެެވެ. އަދި، ކިނބިދޫ މޮޅުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، މުހައްމަދު ސަހާއު (ބޭލް) ޖެހި ގޯލުންނެވެ.

މި ގްރޫޕްގައި ރޭ ވިލުފުއްޓާއި ބުރުނި ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ބުރުނީގެ ލަނޑުތައް ޖެހީ މައްސޫދު ޝަބީން އާއި މަހްމޫދު ސަލީމް އެވެ. އަދި، ވިލުފުށީގެ ލަނޑުތައް ޖެހީ އިސްމާއިލް ހާމީ އަހުމަދު އާއި އިބްރާހިމް ރިޝާމް އެެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - ފ. މަގޫދޫ - ފ. ފީއަލީ

16:00 - މ. ނާލާފުށި - މ. މުލައް

17:00 - ފ. ނިލަންދޫ - ފ. ބިލެއްދޫ

17:00 - މ. ދިއްގަރު - މ. މަޑުއްވަރީ

--------------------------------------------

20:00 - ށ. ކަނޑިތީމު - ށ. ފީވައް

20:00 - ށ. މިލަންދޫ - ށ. ކޮމަންޑޫ

21:00 - ށ. ފުނަދޫ - ށ. ގޮއިދޫ

21:00 - ށ. ފޯކައިދޫ - ށ. މަރޮށި

22:00 - ސ. މަރަދޫފޭދޫ - ސ. ފޭދޫ

22:00 - ސ. ހުޅުދޫ - ސ. ހިތަދޫ

23:00 - ގދ. ރަތަފަންދޫ - ގދ. ހޯނޑެއްދޫ

23:00 - ގދ. މަޑަވެލި - ގދ. ވާދޫ