7 ޖަނަވަރީ 2026 - 09:38 0
ގާފަރު ޓީމުގެ ނިހާލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
7 ޖަނަވަރީ 2026 - 09:38 0
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކ. އަތޮޅު ބުރުގައި ގާފަރާއި ގުޅިން މޮޅަކާ އެކު ފެށިއިރު، ކާށިދޫ އާއި ދިއްފުށި ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އިއްޔެ ހަވީރު ހަތަރު މެޗު ކުޅެވުނުއިރު، ރޭ ވަނީ އަށް މެޗު ކުޅެފަ އެވެ.
އިއްޔެ ހަވީރު ކުޅުނު ކ. އަތޮޅު ބުރުގަައި، ގްރޫޕް އޭގައި، އެންމެ ފަހުން މުބާރާތުގެ ޗެމްޕިއަން، އަދި، ކ. އަތޮޅުގެ ރަނަރަޕް، ކާށިދޫން ކުޅުނު މެޗުގައި ދިއްފުއްޓާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ކާށިދޫގެ އަކުމަލް މުހައްމަދު އެ ޓީމަށް ލީޑުނަގައިދިންއިރު، މެޗުގެ މޮޅު ކުޅުންތެރިޔާ، އަހުމަދު މާޒިން ވަނީ ދެ ގޯލު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. ކާށިދޫ އަށް އެއްވަރުކޮށްދިނީ، މިދިޔަ އަހަރުގެ ގޯލްްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އިސްމާއިލް ރަޔާން އެވެ.
ދިއްފުށި ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މި ގްރޫޕްގެ އަނެއް މެޗުގައި، ގުޅިން ވަނީ ގުރައިދޫ 1-0 އިން ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު އަނޫފް އަހުމަދު އެވެ.
ކ. އަތޮޅުގެ ގްރޫޕް ބީގައި ގާފަރުން ވަނީ ފަހަތުން އަރައި 5-1 އިން ހިންމަފުށި ބަލިކޮށްފަ އެވެ. ހިންމަފުށީގެ ހުސެއިން ނާފިޒް އެ ޓީމަށް ލީޑުނަގައިދިން މި މެޗުގައި ގާފަރު މޮޅުވީ ފަހަތުން އަރަ އެވެ. ގާފަރު ޓީމުގެ މުހައްމަދު ނިހާލް، ބެންޗުން އަރައި ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ، ސާމިން މުހައްމަދު ނަސީރު، އިބްރާހިމް ރިމާހު (ރިމޭ) އަދި ޝަނާން ރަޝާދު އެވެ.
އިއްޔެ ހަވީރު ކުޅުނު އއ. އަތޮޅުގެ ލީގު ބުރުގެ މެޗުގައި، ތޮއްޑޫން ވަނީ ބޮޑުފޮޅުދޫ 2-1 އިން ބަލިކޮށްފަ އެވެ. ތޮއްޑޫގެ ގޯލްތައް ޖެހީ އަލީ މަނާލް މުސްތަފާ އާއި އަލީ ފަހުމީ އެވެ. އަދި، ބޮޑުފޮޅުދޫގެ ގޯލް ޖެހީ މުހައްމަދު ސިރުހާން (ބޮކިސިއްޓެ) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ހއ. ހޯރަފުށި - ހއ. ކެލާ
16:00 - ހއ. ތުރާކުނު - ހއ. ފިއްލަދޫ
17:00 - ހއ. އުތީމު - ހއ. ވަށަފަރު
17:00 - ހއ. މުރައިދޫ - ހއ. ދިއްދޫ
--------------------------------------------
20:00 - ހދ. ނޭކުރެންދޫ - ހދ. މަކުނުދޫ
20:00 - ހދ. ކުމުންދޫ - ހދ. ނެއްލައިދޫ
21:00 - ހދ. ހަނިމާދޫ - ހދ. ނޮޅިވަރަންފަރު
21:00 - ހދ. ވައިކަރަދޫ - ހދ. ފިނޭ
22:00 - ތ. އޮމަދޫ - ތ. ހިރިލަންދޫ
22:00 - ތ. ތިމަރަފުށި - ތ. ވަންދޫ
23:00 - ތ. ވިލުފުށި - ތ. ބުރުނި
23:00 - ތ. ކިނބިދޫ - ތ. ގާދިއްފުށި
Comment