about 22 hours 0
ނޮޅިވަރަންފަރުން ރޭ ކުޅުނު މެޗުގައި އަކުރަމް ބޯޅަ ހިފައިގެން.---- ފޮޓޯ: އިމޭޖަސް.އެމްވީ
about 22 hours 0
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ރޭ ކުޅުނު ހދ. އަތޮޅުގެ މެޗުތަކުން ނޮޅިވަރަންފަރުން މުބާރާތުގައި ދެ ވަނަ މޮޅު ހޯދިއިރު، ކުމުންދޫ އާއި ފިނޭ އިން ވެސް ފުރަތަމަ މޮޅާ އެކު އިތުބާރު ހޯދައިފި އެވެ.
ހދ. އަތޮޅު ގްރުޕް އޭގައި ރޭ ނޮޅިވަރަންފަރުން 2-0 އިން ހަނިމާދޫ ބަލިކުރިއިރު، މި ގްރޫޕްގެ އަނެއް މެޗުން، ނޭކުރެންދޫ ވަނީ 4-1 އިން މަކުނުދޫ ބަލިކޮށްފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި، ނޮޅިވަރަންފަރު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ހަނިމާދޫ އާއި ތިން ވަނައިގައި އޮތް ނޭކުރެންދޫން ތިން ޕޮއިންޓް ހޯދާފައިވާއިރު، ހަނިމާދޫ ދެ މެޗު، އަދި ނޭކުރެންދޫން ކުޅުނީ އެއް މެޗެވެ. އެއް މެޗުން ޕޮއިންޓެއް ނުލިބި ހަަތަރެއްގައި ނޮޅިވަރަން އޮތްއިރު، ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވި، މަކުނުދޫ އެވެ.
ނޮޅިވަރަންފަރުގެ ލަނޑުތައް ޖެހީ، މުހައްމަދު ސާމިހު ފަތުހުﷲ އާއި އަކުރަމް އަބްދުލް ރަޝީދު އެވެ. ނޭކުރެންދޫ އަށް ރޭގެ މެޗުގައި، އަލީ އިފާޒް ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ، މުހައްމަދު އަބާން އިބްރާހިމް އާއި މުހައްމަދު ފަރުހާން (ފަރުއްކޮ)، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. މަކުނުދޫގެ ހަމައެކަނި ލަނޑު ޖެހީ، އިބްރާހިމް ސަވީ އެވެ.
ކުމުންދޫ ޓީމުގެ ފަހުމާން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ހދ. އަތޮޅުގެ ގްރޫޕް ބީގައި، ކުމުންދޫން 2-0 އިން ނެއްލައިދޫ ބަލިކުރި މެޗުގައި، ފަހުމާން އަބްދުލް ހަމީދު އާއި އަބްދުﷲ ހަސަން ވަނީ ލަނޑު ޖަހައިފަ އެވެ. ފިނޭ އިން ވައިކަރަދޫ 6-1 އިިން ބަލިކުރި މެޗުގައި، ފިނޭގެ އަލީ މިސްބާހު، އަޒްވާން ތޯހާ އަދި އަލީ ނާއިފް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެެވެ. ވައިކަރަދޫގެ ހަމައެކަނި ލަނޑު ޖެހީ އަލީ އަބްދުﷲ އެެވެ.
މި ގްރޫޕްގައި، ވައިކަރަދޫ ފިޔަވައި، ހަތަރު ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެއީ، އެންމެ ފަހުގެ ޗެމްޕިއަން، ނައިވާދޫގެ އިތުރުން، ކުމުންދޫ، ފިނޭ، ނެއްލައިދޫ އެވެ. ކުމުންދޫ އާއި ނައިވާދޫ ކުޅުނީ އެއް މެޗެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ފ. މަގޫދޫ - ފ. ފީއަލީ
16:00 - މ. ނާލާފުށި - މ. މުލައް
17:00 - ފ. ނިލަންދޫ - ފ. ބިލެއްދޫ
17:00 - މ. ދިއްގަރު - މ. މަޑުއްވަރީ
--------------------------------------------
20:00 - ށ. ކަނޑިތީމު - ށ. ފީވައް
20:00 - ށ. މިލަންދޫ - ށ. ކޮމަންޑޫ
21:00 - ށ. ފުނަދޫ - ށ. ގޮއިދޫ
21:00 - ށ. ފޯކައިދޫ - ށ. މަރޮށި
22:00 - ސ. މަރަދޫފޭދޫ - ސ. ފޭދޫ
22:00 - ސ. ހުޅުދޫ - ސ. ހިތަދޫ
23:00 - ގދ. ރަތަފަންދޫ - ގދ. ހޯނޑެއްދޫ
23:00 - ގދ. މަޑަވެލި - ގދ. ވާދޫ
Comment