Advertisement

ވޭނެއްގައި ބަނގުރާފުޅިތަކެއް އުފުލަނިކޮށް ބިދޭސީއަކު ހައްޔަރުކޮށްފި

7 ޖަނަވަރީ 2026 - 09:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ވޭނެއްގައި ބަނގުރާފުޅިތަކެއް އުފުލަނިކޮށް ބިދޭސީއަކު ހައްޔަރުކޮށްފި

7 ޖަނަވަރީ 2026 - 09:44 0

ވޭނެއްގައި ގިނަ އަދަދެއްގެ ބަނގުރާ އުފުލަމުން ދިޔަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިއަދު އާންމުކުރި މައުލޫމާތުގައި ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޖޮވެލް ހޮސެން، 31، ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެންނެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ އިއްޔެ ހުޅުމާލެ ބަނދަރު ސަރަހައްދުންނެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހުއްޓުވައި ދުއްވަމުންދިޔަ ވޭން ބަލައިފާސްކުރީ ޕެޓްރޯލަށް ނުކުމެ އުޅުނު ފުލުހުންނަށް އޭނާ އެފަދަ ކަމެއް ކުރާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.

ޖޮވެލް ހޮސެން ދުއްވަމުންދިޔަ ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު 134 ފުޅި ބަނގުރާ ފެނިފައިވެ އެވެ. ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީން މި ފަހުން ގެންދަނީ ޑީޕޯޓްކުރަމުންނެވެ. ބެލެވޭ ގޮތުގައި މި މައްސަލާގައި ހައްޔަކުރި މީހާ ވެސް ޑީޕޯޓް ކޮށްލާނީ އެވެ.