5 ޖަނަވަރީ 2026 - 17:36 0
ލީވާން އަލީ ނާސިރު
ސަނީ އުމުރު ދިރިއުޅުނު އެޕާޓްމަންޓް ބަލައިފާސްކުރުމަށްފަހު އޭނާ ފުލުހުންގެ ކާރަށް އަރުވަނީ: އެތަނުގައި ތިބި އާންމުންގެ ބަޔަކު ވަނީ ސަނީ ގެޔަށް ވަންދަން ދެކޮޅު ހަދައި، ނެރެން ދަނިކޮށް ހަމަލާދޭން މަސައްކަތްކޮށްފަ --- ފޮޓޯ: އަދަދު
5 ޖަނަވަރީ 2026 - 17:36 0
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދިރިއުޅުނު އެޕާޓްމަންޓު ބަލައި ފާސްކުރީ "ފޮރުވި" ފޯނަކާއި ލެޕްޓޮޕެއް ހޯދަންކަން އެނގިއްޖެ އެވެ.
ކޯޓުން އަމުރުން އެނގޭ ގޮތުގައި ސަނީ އުޅުނު އެޕާޓްމަންޓް ފުލުހުން ބަލައިފާސްކުރީ އޭނާ ފުރަތަމަ ދުވަހު ހައްޔަރުކުރިއިރު އޮތް އައިފޯން 12 ފޯނު އޭނާ އަތުގައި ނެތުމުންނެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު އޮތީ ޒިއޯމީ ބްރޭންޑުގެ ފޯނެކެވެ.
މިގޮތުން ސަނީ ފުރަތަމަ ފަހަރަށް ހައްޔަރުކޮށްފައި ދޫކޮށްލުމުން އޭނާ އަތުގައި އޮތް އައިފޯން 12 ފޯނު "ފޮރުވައި" ފުލުހުންނަށް ދެވަނަ ފަހަރަށް ހައްޔަރުކުރުމްުނ ދިނީ އެހެން ފޯނެއްކަން އެނގެ އެވެ.
ފޯނުގެ އިތުރުން ސަނީއަށް ތުހުމަތުކުރެވޭ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖަކަށް ލެޕްޓޮޕުން ހަޑިހުތުރު މަންޒަރު ދެއްކި ކަމަށް ކިޔާދީފައިވާތީ، އެ ލެޕްޓޮޕް ހޯދުން ވެސް ކޯޓު އަމުރުގައި ހިމަނާފައިވެ އެވެ.
މައްސަލައާ ގުޅޭ ތަކެތި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރީ ހ. ސިޓްރަސްގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެކެވެ.
ފުލުހުންގެ ކާރެއްގައި ސަނީ ގެންގޮސް އޭނާ ވެސް ގޮވައިގެންނެވެ. އެ ގެއަށް ފުލުހުން ވަންނަން މަސައްކަތް ކުރުމުން ގޭގެ ވެރިންނާއި ގޭގައި ދިރިއުޅޭ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ މައްސަލަ ފެންމަތިވުމުން އޭނާ ރާއްޖެ ދޫކޮށް ފިލުމަށްފަހު ޑިސެމްބަރު 1، ގައި އެނބުރި ރާއްޖެ އައުމާއެކު އެއާޕޯޓުން އޭނާ ހައްޔަރުކުރި އެވެ.
ސަނީ ހައްޔަރުކޮށްގެން ސުވާލު ކުރުމަށްފަހު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމުންނެވެ. ނަމަވެސް ފަހުން އޭނާ ރާއްޖެ ދޫކޮށް ދާން މަސައްކަތް ކުރުމުން ޑިސެމްބަރު 2، ގައި ހައްޔަރުކުރި އެވެ. އެއަށްފަހު ވެސް އެނާ ދޫކޮށްލުމަށްފަހު އަނެއްކާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދު ކުރި އެވެ.
ސަނީގެ ފަރާތުން އަނިޔާ ލިބުނު ކުދިންގެ އާއިލާގެ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސަނީ ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment