Advertisement

36 އަހަރަށް ފަހު ލީގުގައި ޕެރިސް ޑާބީއެއް؛ މޮޅުވީ ޕީއެސްޖީ

about 17 hours 0


36 އަހަރަށް ފަހު ލީގުގައި ޕެރިސް ޑާބީއެއް؛ މޮޅުވީ ޕީއެސްޖީ

about 17 hours 0

ޕެރިސް (ޖެނުއަރީ 5) - ފްރާންސްގެ ފުރަތަމަ ޑިވިޝަން، ފްރެންޗް ލީގު 1 ގައި، 36 އަހަރަށް ފަހު ކުޅުނު ފުރަތަމަ ޕެރިސް ޑާބީގައި، ޕެރިސް އެފްސީ އަތުން ޕީއެސްޖީން 2-1 އިން މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، ޕީއެސްޖީން ވަނީ ލީގު އެއް ވަނައިގައި އޮތް ލޯންސާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، ލޯންސް އަށް 17 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ ނަތީޖާއާ އެކު ޕީއެސްޖީ އަށް 17 މެޗުން ވަނީ 39 ޕޮއިންޓް ލިބިފަ އެވެ.

ފްރާންސްގެ ވެރިކަން ކުރާ ރަށް، ޕެރިހަށް ނިސްބަތްވާ ޕީއެސްޖީ އާއި ޕެރިސް އެފްސީން 1990 ވަނަ އަހަރަށް ފަހު ލީގުގައި ފުރަތަމަ ފަހަރަށް ބައްދަލުުކުރި މެޗުގައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ފަބިއަން ރުއީޒް ދިން ބޯޅައަކުން، ޑެޒެއާ ޑޫއޭ އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން މާ ލަސްތަކެއް ނުވެ ޕެރިސް އެފްސީން އެއްވަރުކުރި އެވެ.

މެޗުގެ 51 ވަނަ މިނިޓްގައި، ޕެރިސް އެފްސީގެ ލަނޑު ޖެހީ، ޕެނަލްޓީ އަކުން، ވިލެމް ގުއެބެލްސް އެވެ. މިއީ، ޕީއެސްޖީގެ ޑިފެންޑަރު، އިލިއާ ޒަބާނިއޭ ހެދި ގޯހަކުން ޕެރިސް އެފްސީ އަށް ލިބުނު ޕެނަލްޓީއެކެވެ. ޒަބާނިއޭ ވަނީ އޭރިއާތެރެއިން ޕެރިސް އެފްސީގެ އަލިމާމީ ގޯރީ އަށް ފައުލުކޮށްފަ އެވެ.

ޕެރިސް އެފްސީން ނަތީޖާ ހަމަހަމަކުރިތާ ދެ މިިނިޓް ފަހުން، ޕީއެސްޖީން އަނެއްކާ ވެސް ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، މިދިޔަ އަހަރުގެ ފީފާ މޮޅު ކުޅުންތެރިޔާގެ މަގާމާއި ބެލޮންޑިއޯ އެވޯޑް ހޯދި ފްރާންސްގެ ތަރި އޮސްމާން ޑެމްބެލޭ އެވެ.