Advertisement

އެމެރިކާއިން ވެނެޒުއޭލާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފި

ވެނެޒުއޭލާއަށް ހަމަލާދިނުން -- ފޮޓޯ: އޭޕީ


އެމެރިކާއިން ވެނެޒުއޭލާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާއިން ވެނެޒުއޭލާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް މިއަދު ދީފި އެވެ.

ވެނެޒުއޭލާ ސަރުކާރާ ހަވާލާދީ އަލްޖަޒީރާއިން ބުނީ އެ ގައުމަށް ވައިގެ މަގުން ހަމަލާ ދިނީ އެމެރިކާއިން ކަމަށެވެ.

އެ ހަމަލާތައް އަމާޒުވީ ކަރާކަސްގެ އިތުރުން މިރަންޑާ، އަރާގުއާ، ލަ ގުއައިރާއަށް ވެނެޒުއޭލާ ސަރުކާރުން ބުނެފައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުފުލުގައި އެކި ސަރަހައްދުތަކަށް ވަނީ ބޮން އަޅާފަ އެވެ. އެގޮތުން ބާރުގަދަ ގިނަ ގޮވުންތަކެއް ގޮވާ އަޑު ވެސް އިވެ އެވެ.

ވެނެޒުއޭލާއިން ވަނީ އެ ގައުމަށް ދޭން ފެށި ހަމަލާތަކާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

އެމެރިކާއިން ވެނެޒުއާލާއަށް ހަމަލާދީފައި މިވަނީ ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ދެ ގައުމުގެ ގުޅުން ގޯސްވެފައިވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ތުހުމަތުތަކަށްފަހު އެވެ.

ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި މަޑޫރޯ މަސްތުވާތަކެތީގެ ވިޔަފާރި ކުރެއްވުމުގައި އުޅުއްވާ ކަމަށެވެ. ނަމަވެސް މަޑޫރޯ ވަނީ ޓްރަމްޕްގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.