Advertisement

މަރެސްކާ ވަކިކުރުމަކީ ސިޓީގައި ގާޑިއޯލާގެ ވަޒީފާ އަށް އޮތް ބިރެއް ނޫން ކަމަށް ބުނެފި

about 2 hours 0


މަރެސްކާ ވަކިކުރުމަކީ ސިޓީގައި ގާޑިއޯލާގެ ވަޒީފާ އަށް އޮތް ބިރެއް ނޫން ކަމަށް ބުނެފި

about 2 hours 0

މެންޗެސްޓާ (ޖެނުއަރީ 3) - ޗެލްސީގެ ކޯޗަކަށް ހުރި އެންޒޯ މަރެސްކާ އެ ޓީމުން ވަކިވުމަކީ، އޭނާ އަށް މެންޗެސްޓާ ސިޓީގެ ކޯޗަކަށް ހުންނަން އޮތް ބިރެއްގެ ގޮތުގައި ނުދެކޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ކުރިން ސިޓީގައި ގާޑިއޯލާގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި މަރެސްކާ އަކީ، ގާޑިއޯލާ އެ ޓީމުން ވަކިވުމުން ސިޓީއާ ދެން ހަވާލުވާނެ ކޯޗު ކަމަށް މީޑިއާތަކުން މިދިޔަ މަހުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އަދި، މި ސީޒަނަށް ފަހު ވެސް ގާޑިއޯލާ، ސިޓީއާ ދުރަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި ދެން، އެ ޓީމުން ގެންނާނީ މަރެސްކާ ކަމަށް ވާހަކަ ދެކެވުނެވެ. އަދި، ޗެލްސީން މަރެސްކާއާ ވަކިވުމާ އެކު، ދެން އޭނާ ފެންނާނީ ސިޓީން ކަމަށް ބުނާ ރިޕޯޓްތަކެއް ވެސް މީޑިއާގައި ދައުރުވެ އެވެ.

"ތި މީހުން ބޭނުންވަނީ އަހަރެން މަގާމުން ވަކިކުރަންތަ؟ އަހަރެންގެ މުސާރަ ވަރަށް ބޮޑުވާނެ. އަހަރެން އަދިވެސް ސިޓީގައި އެއް އަހަރު މަޑުކުރާ ގޮތަށް ކޮންޓްރެކްޓެއް އެބައޮތް،" ލީގުގައި މި ހަފްތާގައި ޗެލްސީއާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.

"އަހަރެން އެއް ހާހަކަށް ފަހަރު ތި ސުވާލުތަކަށް ޖަވާބުދީފިން. އަހަރެންގެ ކޮންޓްރެކްޓެއް ސިޓީގައި އެބައޮތް. އަހަންނަށް އެނގޭ ތި މީހުން އަހަރެން މަތިން ފޫހިވެއްޖެކަން، 10 އަހަރު މިވީ، އަަހަންނަށް އެނގޭ، އަހަރެން ދާންކަން ތި އެންމެން ވެސް ބޭނުންވަނީ،"

ގާޑިއޯލާ ބުނީ، ސިޓީއާ އެކު ހަދާފައި އޮތް ކޮޮންޓްރެކްޓް ނިމުމުގެ ކުރިން އެ ޓީމު ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި، ސިޓީގެ މެނޭޖްމަންޓުން އަންނަނީ އޭނާއާ ވަރަށް ގާތުން ހުރިހާ ކަމަކަށް ވެސް ސަޕޯޓް ދެމުން މަސަައްކަތް ކުރަމުން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.