about 2 hours 0
about 2 hours 0
ދުބާއީ، ޔޫއޭއީ (ޑިސެމްބަރު 29) - އަންހެން ކުޅުންތެރިޔަކާއި ފިރިހެން ކުޅުންތެރިއެއްގެ ކުރިމަތިލުމެއް ޓެނިހުގެ ޕްރޮފެޝަނަލް ލެވަލްގައި ކުޅުނު ފުރަތަމަ މެޗު، "ބެޓަލް އޮފް ސެކްސަސް" މެޗުގައި، ދުނިޔޭގެ އެއް ވަަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، އަރީނާ ސަބަލެންކާ އަތުން އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް މޮޅުވެއްޖެ އެވެ.
ދުނިޔޭގެ ރޭންކިން 671 ވަނައިގައި މި ވަގުތު އޮތް ނަމަވެސް ކިރްގިއޯސް، 30، އަކީ ފިޓްކޮށް ހުރިއިރު، ޓެނިހުގެ ރޭންކިންގެ މަތީ ވަނަތަކުގައި ވެސް މަގާމު ދަމަހައްޓާފައިވާ ކުޅުންތެރިއެކެވެ. އެކަމަކު، މިދިޔަ އަހަރުތަކުގައި އަނިޔާގެ އެކި މައްސަލަތަކާ ހެދި ކިރްގިއޯސް އަށް ކުޅެވުނީ މަދު މެޗުތަކެއްގަ އެވެ.
ބެލަރޫސް އަށް އުފަން 27 އަހަރުގެ ސަބަލެންކާ އަކީ މި ވަގުުތު ދުނިޔޭގެ ރޭންކިން އެއް ވަނައިގެ އިތުރުން، އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި ވެސް ރެކޯޑް ރަނގަޅު ކުޅުންތެރިއެކެވެ. ސަބަލެންކާ އަތުން ކިރްގިއޯސް މޮޅުވީ 6-3، 6-3 އިން ސެޓުތައް ގެންގޮސްގެންނެވެ.
"ބެޓަލް އޮފް ސެކްސަސް"ގެ މެޗު ވަރަށް ބޮޑަށް އިސްތިހާރުކޮށްގެން ބޮޑު އިވެންޓެއްގެ ގޮތުގައި ކުރިއަށްގެންދަން މަސައްކަތް ކުރި ނަމަވެސް ލިބުނު ތަރުހީބު ކުޑަ ކަމަށް މި އިވެންޓް އިންތިޒާމްކުރި ފަރާތުން ވަނީ ބުނެފަ އެވެ.
Comment