Advertisement

ގައުމީ ފުޓްސަލް ޓީމު ޓްރެއިނިން ކޭމްޕަކަށް ޗައިނާ އަށް

about 2 hours 0

ގައުމީ ފުޓްސަލް ޓީމު ޕްރެކްޓިހެއްގެ ތެެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ގައުމީ ފުޓްސަލް ޓީމު ޓްރެއިނިން ކޭމްޕަކަށް ޗައިނާ އަށް

about 2 hours 0

ތައިލެންޑުގައި އަންނަ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ރާއްޖޭގެ ފިރިހެން ގައުމީ ފުޓްސަލް ޓީމުން ޓްރެއިނިން ކޭމްޕަކަށް ޗައިނާ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މަހު އެއް ވަނަ ދުވަހުން ފެށިގެން ގައުމީ ފިރިހެން ފުޓްސަލް ޓީމުން އަންނަނީ އަންނަ މަހުގެ 13-26 އަށް ތައިލެންޑުގައި ކުުރިއަށްދާ ފުރަތަމަ ސާފް ފުޓްސަލް މުބާރާތަށް ތައްޔާރުވަމުންނެވެ.

ޗައިނާގެ ގުއަންޒޫގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕަށް ގައުމީ ފުޓްސަލް ޓީމު ފުރުމަށް ހަމަޖެހިފައިވަނީ، މާދަމާ އެވެ. އަދި، ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު، މުބާރާތް ކުޅެން ފުޓްސަލް ޓީމު، ތައިލެންޑަށް ދާނީ ޗައިނާ މަގުން ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކިރޯވްގެ ބެލުމުގެ ދަށުން ގައުމީ ފުޓްސަލް ޓީމުން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ 40 އަށް ވުރެން ގިނަ ކުޅުންތެރިންގެ މައްޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑަކުންނެވެ. އޭގެ ފަހުން، އެ ސްކޮޑު ވަނީ 25 ކުޅުންތެރިންނަށް ކުޑަކޮށްފަ އެވެ. އަދި، މިހާރު ސްކޮޑު، 18 ކުޅުންތެރިންނަށް ކުޑަކުރުމަށް ފަހު، ޗައިނާ އަށް ޓްރެއިނިން ކޭމްޕަކަށް ދާނީ، 17 ކުޅުންތެރިން ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ސަރަހައްދުގެ ހަތް ޓީމުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު ފޯމެޓަށެވެ. ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.