Advertisement

ސްކޭމްގެ 27 މައްސަލައެއްގައި ތުހުމަތު އަމާޒުވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ސްކޭމްގެ 27 މައްސަލައެއްގައި ތުހުމަތު އަމާޒުވާ ހަސަން އަޒުރާހް -- ފޮޓޯ: ފުލުހުން


ސްކޭމްގެ 27 މައްސަލައެއްގައި ތުހުމަތު އަމާޒުވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ސްކޭމްގެ 27 މައްސަލައެއްގައި ތުހުމަތު އަމާޒުވާ ހަސަން އަޒުރާހު، 39، ގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފި އެވެ.

މި މަހުގެ 7، ގައި ހަސަން އަޒުރާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި މުއާމަލާތްކޮށް، މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ. އަށްވުރެ ގިނަ ފައިސާ ހޯދި މައްސަލައިގަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ބޭއްވި މުއްދަތު މަޖިލީހުގައި ފުލުހުން ތުހުމަތުކޮށްފައި ވަނީ އޭނާއަކީ ގިނަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް އެމީހުންގެ ބޭންކް އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ ނަގާ މީހެއް ކަމަށެވެ.

މިގޮތުން އޭނާއާ ގުޅޭ އެ ބާވަތުގެ 27 މައްސަލައެއް މިހާރުވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މުއްދަތު އިތުރުކުރަން ބޭއްވި މަޖިލީހުގައި ބުނެފައިވެ އެވެ.

މީހެއްގެ ވައިބާ ހެކްކޮށް އެމީހާގެ ނަމުގައި އެކި މީހުން އަތުން އަތުލި 150،000ރ. އަށްވުރެ ގިނަ ފައިސާ ހޯދި މައްސަލައިގައި ހަސަން އަޒުރާހުގެ އިތުރުން ދެ މީހުން ހައްޔަރުކުރި އެވެ. އެއީ މާލޭހިޔާ 1-16-03، އަހްމަދު ހައްސާން، 33، އާއި ނ. މަނަދޫ، ވެށި، ހުސައިން ސަމާހު، 33، އެވެ.