Advertisement

ކޭޕާކު މައްސަލާގައި މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވެއްޖެ، އަދަބު ކަނޑައެޅުން އަންގާރަ ދުވަހު

about 2 hours 0


ކޭޕާކު މައްސަލާގައި މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވެއްޖެ، އަދަބު ކަނޑައެޅުން އަންގާރަ ދުވަހު

about 2 hours 0

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 94 ދައުވާއެއް ސާބިތުވެއްޖެ އެވެ.

މަންޑޭ އާއި މި މައްސަލައިގައި ހިމެނޭ ޖައިޝާން ސައީދުގެ މައްޗަށް ވެސް 89 ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. އެ މީހުންނަށް މި ކުށްތަކުގެ އަދަބު ކަނޑައެޅުން އޮންނަނީ ޑިސެމްބަރު 30، ގަ އެވެ.

މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތައް

  • ޓެކުން (46 ދައުވާ)
  • އޮޅުވާލުމުގެ އަމަލެއް ކުރުން (44 ދައުވާ)
  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުން (3 ދައުވާ)
  • މަނީ ލޯންޑްރިން (1 ދައުވާ)

ޖައިޝާންގެ މައްޗަށް ސާބިތުވި ދައުވާތައް

  • ޓެކުމުގައި ބައިވެރިވުން (46 ދައުވާ)
  • އޮޅުވާލުމުގެ އަމަލެއް ކުރުން (40 ދައުވާ)
  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުން (3 ދައުވާ)
  • މަނީ ލޯންޑާކުރަން އެހީތެރިވެދިނުން (1 ދައުވާ)
  • މި މައްސަލާގައި ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެފައިވާތީ އެފްޑަބްލިއު ރެޒިޑެންސްގައި ހުރި އެޕާޓްމަންޓަކާއި ޕާކިން ސްލޮޓެއް ވެސް ދައުވަލަތަށް ވަނީ ނަގާފަ އެވެ.

    އެއީ މި މައްސަލައިގެ ތަހުގީގައި ފުލުހުން ބަލައިފާސްކުރި މަންޑޭގެ ޕެންޓްހައުސް އެވެ. ޖުމުލަ 7.8 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ މި ޕެންޓްހައުސް މަންޑޭ ގަތީ، ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހަކަށް ވިއްކާލައިގެން ލިބުނު ފައިސާއިންނެވެ.

    ޕެންޓްހައުސްގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނަ އެވެ. އެތަނުން ނެގި އަގުހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 ސެންޓުފުޅި، 90،000ރ. ގެ އަގުބޮޑު އަތްދަބަހާއި 10،000 ޑޮލަރާއި 25،000 ޑޮލަރުގެ އަގުހުރި ގަހަނާ ވެސް ހިމެނެ އެވެ.

    ޕެންޓްހައުސް އާއި އެތަނުން އަތުލައިގަތް ތަކެތީގެ ޖުމްލަ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

    ކޭޕާކު އެޕާޓްމަންޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަންޑޭއަކީ ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެވެ. އޭނާގެ މައްސަލަ ފެންމަތިވީ ކޭޕާކު އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެޕާޓްމަންޓު ގަތް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.