Advertisement

ބަރުދަން ލުއިކުރާ ފުރަތަމަ ގުޅަބޭހަށް ހުއްދަ ދީފި

about 2 hours 0


ބަރުދަން ލުއިކުރާ ފުރަތަމަ ގުޅަބޭހަށް ހުއްދަ ދީފި

about 2 hours 0

ގްލުކޯޒް-ޑިޕެންޑެންޓް އިންސުލީނޯޓްރޮޕިކް - 1 (ޖީއެލްޕީ-1) އަކީ ހަކުރު ބަލީގެ މީހުންނަށް ފަރުވާ ކުރުމަށް މީގެ ކުރިން އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ ގުޅަބޭހެކެވެ. ނަމަވެސް، މިބާވަތުގެ ގުޅަ ބޭސް، ހަށިގަނޑު ލުއިކުރުމަށް ބޭނުން ކުރުމުގެ ހުއްދަ، އެމެރިކާގެ ފުޑް އެންޑް ޓްރަގް އެޑިމިނިސްޓްރޭޝަނުން މިހާރު ވަނީ އާންމުކޮށް ދީފައެވެ.

ޑެންމާކްގެ ބޭސް އުފައްދާ ކުންފުނި ނޯވޯ ނޯރްޑިސްކް އިން ބުނާ ގޮތުގައި ޖީއެލްޕީ-1ގެ ގުޅަ ބޭސް ވެގޮވީ އަކީ ދުވާލަކު އެއް ފަހަރު އެއް ގުޅަ ބޭނުންކުރާ ގޮތަށް އުފައްދާފައިވާ ބޭހެކެވެ. މި ބޭހުގެ އިންޖެކްޝަން ވެސް ކުރިން އުފައްދައި ބޭނުންކުރި ނަމަވެސް، ގުޅަ ބޭހުގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ލިބުމުން، ބޭސް ބޭނުންކުރާ މީހުންނަށް އެތައް ގޮތަކުން ފަސޭހަވާނެއެވެ.

ޖީއެލްޕީ-1 ހިމަނައިގެން މީގެ ކުރިން އުފައްދައި ބޭނުންކުރަމުން އައި ބޭސްތަކުގެ ތެރޭގައި އޮޒެމްޕިކް، ވެގޮވީ އަދި މޮއުންޖާރޯ ހިމެނެއެވެ. މި ބޭސްތައް ބޭނުންކުރުމުން ހަށިގަނޑުގެ ބަރުދަން ލުއިކުރެވޭކަން އެނގުނު ފަހުން، މިދިޔަ އަހަރުތަކުގައި މި ބާވަތުގެ ބޭސްތަކަށް ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. ނަމަވެސް މީގެ ކުރިން ޑޮކްޓަރުން އާންމު ގޮތެއްގައި މި ބޭސް ލިޔެދެމުން އައީ، ހަކުރު ބަލި ހުންނަ މީހުން، ހަކުރު ކޮންޓްރޯލްކުރާ ބޭހެއްގެ ގޮތުގައެވެ.

ޖީއެލްޕީ-1 އެކުލެވޭ ބޭސްތައް، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބޭނުންކުރުމުގެ ހުއްދަ، އެމެރިކާ ސަރުކާރުން މިދިނީ އެމެރިކާ ސަރުކާރާއި ނޯވޯ ނޯރްޑިސްކް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މިބާވަތުގެ ބޭސް އެތެރެކުރުމަށް އެމެރިކާ އިން މީގެ ކުރިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެސް ކޮށްފައެވެ.

މީގެ ކުރިން މި ބާވަތުގެ ބޭސް ބޭނުންކުރާ މީހަކު ނަމަ އެވްރެޖްކޮށް މަހަކު 1000 ޑޮލަރު ހޭދަކުރަންޖެހެއެވެ. ނަމަވެސް ޑިއުޓީ ކުޑަކުރުމުން ބޭހުގެ އަގަށް އައި ހެޔޮ ބަދަލާ އެކު މިހާރު ހޭދަކުރަން ޖެހޭނީ މަހަކު 150 ޑޮލަރެވެ. ގުޅަ ބޭހުގެ އަގު ހެޔޮވި ނަމަވެސް، މި ބޭހުގެ އިންޖެކްޝަންގެ އަގު އަދިވެސް ހުރީ ކުރީގެ އަގުގައެވެ.