Advertisement

އެންމެ މަތީ ފެންވަރަށް ކިޔެވޭނެ ޔުނިވާސިޓީ ކެމްޕަހެއް ކޮންމެ އަތޮޅެއްގައި ގާއިމުކުރާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

about 2 hours 0


އެންމެ މަތީ ފެންވަރަށް ކިޔެވޭނެ ޔުނިވާސިޓީ ކެމްޕަހެއް ކޮންމެ އަތޮޅެއްގައި ގާއިމުކުރާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

about 2 hours 0

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް އެންމެ މަތީ ފެންވަރަށް ކިޔެވޭނެ ޔުނިވާސިޓީ ކެމްޕަހެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ހަފްްލާގައި އޭގައި ބައިވެރިވި ޒުވާނުން ވަނީ މުއިއްޒުއާ ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަންބޮޑުވުމަކީ ރަށްރަށާ ކައިރީގައި ތިބެގެން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ނުލިބުމެވެ.

ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ ދެ ޔުނިވާސިޓީއެކެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އެވެ. ގައުމީ ޔުނިވާސިޓީގެ ހަތަރު ކެމްޕަހެއް ރާއްޖޭގެ އެހެން ރަށްރަށުގައި ހިންގަ އެވެ. އެއީ، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ.

އެ ރަށްރަށުގެ އިތުރުން ކޮންމެ އަތޮޅެއްގައި ދައުލަތުގެ ޔުނިވާސިޓީ ކެމްޕަސް ހެދުމުގެ މަސައްކަތް މިދިޔަ ދެތިން މަހުގެ ތެރޭގައި ހަވާލުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ މަސައްކަތްތައް ނިމިގެންދާއިރުގައި ހަމަ މާލެއެކޭ އެއްގޮތަށް ކޮންމެ އަތޮޅެއްގައި ވެސް ހުންނާނެ އެންމެ މަތީ ފެންވަރުގައި ކިޔެވޭނެ، ރާއްޖޭގެ މި ދެ ޔުނިވާސިޓީގެ ފުރުސަތުތައް. އެއީ އެކޮމޮޑޭޝަންއާ އެކީގައި ކިޔެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ނިޔަލަށް އެ ތަންތަން ނިމުމާ ހަމައަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި އޭރުން ޒުވާނުންގެ ބޮޑު ކަންބޮޑުވުމަށް ހައްލު ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.