Advertisement

ނޭމާ ދެން ކުޅޭނެ ކްލަބެއް ނިންމާނީ ވޯލްޑް ކަޕަށް ވިސްނާފައި

24 ޑިސެންބަރު 2025 - 11:41 0


ނޭމާ ދެން ކުޅޭނެ ކްލަބެއް ނިންމާނީ ވޯލްޑް ކަޕަށް ވިސްނާފައި

24 ޑިސެންބަރު 2025 - 11:41 0

ސަންޓޯސް، ބްރެޒިލް (ޑިސެމްބަރު 24) - ކަކުލުގެ އޮޕަރޭޝަނެއްކޮށް ފިޓްވުމަށް މަސައްކަތް ކުރަމުން އަންނަ ބްރެޒިލްގެ ތަރި، ނޭމާ، ދެން ކުޅޭނެ ކްލަބެއް ނިންމަށްް ގަސްދުކުރަނީ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑު ޓީމަކަށް ބަލާފައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނޭމާ، 33، ވާތު ކަކުލުގެ މެނިސްކަސް އަށް ލިބުނު އަނިޔާއާ އެކު ކުޅުމަށް ފަހު، ދާދި ފަހުން ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ. މި ސާޖަރީ ކުރިއަށްގެންދިޔައީ ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރުގެ ބެލުމުގެ ދަށުންނެވެ. އެ ޑޮކްޓަރަކީ، 2023 ވަނަ އަހަރު ނޭމާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވުމުން ވެސް އޮޕަރޭޝަން ކުރިއަށްގެންދިޔަ ޑޮކްޓަރެވެ.

ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ އަންނަ އަހަރު، އެމެރިކާ، ކެނަޑާ، އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ދާ ބްރެޒިލް ސްކޮޑު ނެގުުމުގައި ބަލާނީ އެ ވަގުތު އެންމެ ރަނގަޅު ފޯމުގައި ތިބި ކުޅުންތެރިން ނެގުމަށް ކަމަށެވެ.

ކުރިން ބާސެލޯނާ އާއި ޕީއެސްޖީ އަށް ކުޅުނު ނޭމާ ބްރެޒިލް ޓީމަށް އެންމެ ފަހުން ކުޅުނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. ނޭމާ އަކީ ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 128 މެޗުން 79 ލަނޑު ޖަހައިފަ އެވެ.

މިދިޔަ ޖެނުއަރީ މަހު، ކުރީގެ ކްލަބް، ސަންޓޯސް އަށް ސޮއިކުރީ، ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން ހަމަވުމުން، ނޭމާ، އަލުން ޔޫރަޕްގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ނޭމާ ވަނީ، މި މަހުގެ ނިޔަަލަަށް ސަންޓޯސްއާ އެކު ކޮންޓްރެކްޓް އާ ކޮށް، މުސްތަގުބަލާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ނިމުމެއް ގެނެސްފަ އެވެ.

ސަންޓޯސް އިން ވޯލްޑް ކަޕާ ހަމައަށް ނޭމާ އެ ކްލަބްގައި މަޑުކުރުވަން މަސައްކަތްކުރަމުން އަންނައިރު، އެމެރިކާ ނޫނީ ޔޫރަޕްގެ ޓީމަކަށް ބަދަލުވާން ވެސް ނޭމާ އަންނަނީ ވާހަކަ ދައްކަމުންނެވެ. އަދި، ނޭމާ، އެންމެ ބޮޑަށް ފޯކަސް ހުރީ ވޯލްޑް ކަޕަށް ރަނގަޅު ފޯމެއްގައި ހުރުމަށް ކަމަށްވާތީވެ، އޭނާ ދެން ކްލަަބަކަށް ބަދަލުވާނީ ވޯލްޑް ކަޕަށް ހާއްސަ ސަމާލުކަމެއް ދޭ ގޮތަށެވެ.