Advertisement

ނޭމާ މި އަހަރު ފުޓްބޯޅަ އިން ރިޓަޔާކޮށްފާނެ

about 12 hours 0


ނޭމާ މި އަހަރު ފުޓްބޯޅަ އިން ރިޓަޔާކޮށްފާނެ

about 12 hours 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ފެބްރުއަރީ 21) - އަނިޔާގެ އެކި މައްސަލަތަކާ ހުރެ ފާއިތުވި އަހަރުތަކުގައި އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ބްރެޒިލްގެ ތަރި، ނޭމާ މި ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރަން ވިސްނަމުން އަންނަ ކަމަށް ބުނެފި އެެވެ.

ނޭމާ، 33، ވާތު ކަކުލުގެ މެނިސްކަސް އަށް ލިބުނު އަނިޔާއާ އެކު ކުޅުމަށް ފަހު، ދާދި ފަހުން ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ. މި ސާޖަރީ ކުރިއަށްގެންދިޔައީ ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރުގެ ބެލުމުގެ ދަށުންނެވެ. އެ ޑޮކްޓަރަކީ، 2023 ވަނަ އަހަރު ނޭމާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވުމުން ވެސް އޮޕަރޭޝަން ކުރިއަށްގެންދިޔަ ޑޮކްޓަރެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ކުރީގެ ކްލަބް، ސަންޓޯސް އަށް ނޭމާ ސޮއިކުރީ، ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ދެ ވަނަ ފަހަރަށް ކޮންޓްރެކްޓް އާ ކުރީ މިދިޔަ އަހަރުގެ ނިޔަލަށެެވެ. އަދި، އޭގެ ފަހުން ވެސް ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ސަންޓޯސްއާ އެކު ފަށައި، މި ސީޒަނުގެ ނިޔަލަށް އެއްބަސްވުމެއް ހެދި އެވެ. ސަންޓޯސް އިން އެންމެ ފުރަތަމަ ބޭނުންވީ އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ފީފާ ވޯލްޑް ކަޕާ ހަމައަށް ނޭމާ އެ ޓީމުގައި މަޑުކުރުވުމަށެވެ. އެކަމަކު، އެ ކްލަބާ އެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު ނޭމޭ ނިންމީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަަލަށް އެ ކްލަބާ އެކު ކޮންޓްރެކްޓް ހެދުމަށެވެ.

ބްރެޒިލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނެފައިވަނީ، ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ.

"ފަހަރެއްގައި ޑިސެމްބަރު އަންނައިރު އަހަރެން ބޭނުންވެދާނެ ރިޓަޔާކުރަން. އަހަރެން މިހާރު، ކުޅުމުގެ ކެރިއަރުގައި މި އުޅެނީ ކޮންމެ އަހަރަކު ވެސް ވަރަށް ވިސްނާފައި،" ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ނޭމާ ބުންޏެވެ.

ބްރެޒިލް ގައުމީ ޓީމަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެންމެ ފަހުން ކުޅުނު ނޭމާ ބުނީ، މި އަހަރު ވޯލްްޑް ކަޕްގައި ކުޅޭ ބްރެޒިލް ސްކޮޑަށް އެރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އަަދި، ހަށިގަނޑަށް ބަލައިގެން، ވީހާވެސް މަސައްކަތް ކޮށްގެން ބޭނުންވަނީ ވޯލްޑް ކަޕަށް ފިޓްވުމަށް ކަމަށް ނޭމާ ވަނީ ބުނެފަ އެވެ.