about 2 hours 1
މުހައްމަދު ޝަހްޒާން
ދ. ރިނބުދޫގައި ހުރި އަންހެނުންގެ މިސްކިތް. އެ ރަށުގެ އައު ކައުންސިލް އިމާރާތް އެޅުމަށް މިހާރު އެ މިސްކިތް ވަނީ ތަޅާލާފައި -- ފޮޓޯ: ހާތިމް
about 2 hours 1
ދ. ރިނބުދޫގައި ފުލުހުންގެ މަރުކަޒެއް އިމާރާތް ކުރުމަށްޓަކައި އެ ރަށުގެ ފަންނުވެރިކަން ފެންނަ ކުރީގެ މިސްކިތެއް ތަޅާލައިފި އެވެ.
ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށްޓަކައި ތަޅާލާފައި ވަނީ 1995 ވަނަ އަހަރު އިމާރާތްކޮށް ބޭނުންކުރަމުން އައި އަންހެނުންގެ މިސްކިތެކެވެ. އެ މިސްކިތަކީ ދިވެހި ފަންނުވެރިކަން ވަރަށް ބޮޑަށް ފެނިގެންދާ މިސްކިތެއް ކަމަށް ރިނބުދޫ ކައުންސިލްގެ ކުރީގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވި އެވެ.
"އެކަހަލަ ބިނާތަކަކީ އަސްލު ވަރަށް މުހިންމު ތަންތަން، ދެން އެތަނުގައި ފެންނަން ހުންނާނެ ވުޑް ކާވިންގެ މަސައްކަތްތަކާއި ސިމެންތީގެ ބައެއް މަސައްކަތްތަކާއި އެކަހަލަ ކަންތައްތައް ހުންނާނެ، ދެން އެހެން ހުރި ތަނެއް ހަމަ ޓަސްލާފައި ތަޅާލާފައި ޕޮލިސް ސްޓޭޝަނެއް އެޅީމާ އެއީ ދެން އެހާ ކަމުދާ ކަމަކަށް ނުވޭ،" ހާތިމް ވިދާޅުވި އެވެ.
ހާތިމް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އެ މިސްކިތް ބޭނުން ކުރަމުންދިޔައީ އެކި ކަހަލަ ހުނަރުތައް ދަސްކޮށްދޭ ކްލާސްތައް ހިންގުމާއި ކުޑަ ކުތުބުހާނާއެއްގެ ގޮތުގައި ކަމަށެވެ.
"2015 އިން ފެށިގެން އެތަން ބޭނުންކުރަމުން މި ދަނީ އެދުރުގޭގެ ނަމުގައި، އެއްކަލަ ބައެއް ކަހަލަ ކިޔަވައިދިނުމާއި ލައިބްރަރީއަކަށް، އަސްލުގައި ޕްލޭންގައި އޮންނާނީ ލައިބްރަރީއަކަށް އެތަން ބަދަލުކުރަން، މިހާރު މިސްކިތެއް ކަހަލަ ތަނެއް އަސްލު ބަދަލުވާއިރު ބަދަލުވާންވާނީ ކިޔައިވައިދޭ ތަނެއް ނޫނީ ލައިބްރަރީއެއް ކަހަލަ ތަނަކަށްތާ،" ހާތިމް ވިދާޅުވި އެވެ.
ރިނބުދޫ ކައުންސިލްގެ އައު އިމާރާތް އަޅާ ބިމުގައި ހުރި އަންހެނުންގެ މިސްކިތާއި ގަބުރުސްތާނު -- ފޮޓޯ: ހާތިމް
އޭނާ ވިދާޅުވީ އެ މިސްކިތަކީ ސަރުކާރުގެ އެެއްވެސް އެހީއަކާ ނުލައި އެ ރަށުގެ ޒުވާނުން އަމިއްލައަށް ފައިސާ އެއްކޮށް، ހޯދައިގެން ބިނާކުރި މިސްކިތެއް ކަމަށެވެ. އެ މިސްކިތް ތަޅައިލުމަށްފަހު، އެ ތަނުގައި ފުލުހުންގެ މަރުކަޒެއް އަޅާއިރު، މިސްކިތާ ޖެހިގެން އޮތް ގަބުރުސްތާނުގެ ބިން ވެސް ބޭނުންކުރާ ކަމަށް ހާތިމް ވިދާޅުވި އެވެ.
ނަމަވެސް، އެ ގަބުރުސްތާނުގެ ބިމުގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ކުރަމުން ދަނީ އެ ތަނުގައި ހުރި ކަށްތައް ވެސް ނުނަގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތަން ވެސް އެ ބޭނުންކުރަނީ އެ ތަނުގައި ހުރި ކަށިތަކާ އެއްޗެހި ނުނަގާ، އެހެންވީމާ އެއީ ދެން ވަރަށް ބޮޑު ކޮންސާންއެއް، މި ގޮތަށް ހުރިހާ ކަމެއް ވެސް ހުރީ އެއްވެސް ޕްލޭންއެއް ނެތް،" ހާތިމް ވިދާޅުވި އެވެ.
ރިނބުދޫގެ އާ ކައުންސިލް އިމާރާތުގެ ބިންގާ މި އަހަރުގެ ފެބްރުއަރީ 25، ގައި އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ހާޒިރުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް އެވެ.
Comment