Advertisement

ނަޕޯލީން 11 އަހަރަށް ފަހު އިޓާލިއަން ސުޕަ ކަޕް ޗެމްޕިއަންކަން ހޯދައިފި

about 2 hours 0


ނަޕޯލީން 11 އަހަރަށް ފަހު އިޓާލިއަން ސުޕަ ކަޕް ޗެމްޕިއަންކަން ހޯދައިފި

about 2 hours 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 23) - ފައިނަލުގައި ބޮލޯނިއާ އަތުން 2-0 އިން މޮޅުވެ، ނަޕޯލީން 11 އަހަރަށް ފަހު އިޓާލިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ، ނަޕޯލީން މިހާރު ސުޕަ ކަޕް ކުޅޭ ފޯމެޓަށް ބަދަލުކުރި ފަހުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި، މީގެ ކުރިން އެ ޓީމުން 1990 އާއި 2014 ވަނަ އަހަރު މުބާރާތުގެ ތަށި އުފުލާލީ ކުރީގެ ފޯމެޓަށް ކުޅުނުއިރު އެވެ. ނަޕޯލީން މި ފަހަރުގެ ސުޕަ ކަޕްގެ ފައިނަލަށް ދަތުރުކުރީ މިދިޔަ އަަހަރުގެ ޗެމްޕިއަން އޭސީ މިލާން ކަޓުވާލައިފަ އެވެ.

ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ނަޕޯލީގެ ތަރި އަކީ ޑޭވިޑް ނެރޭސް އެވެ. ނަޕޯލީން ރޭގެ މެޗުގައި ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ބްރެޒިލް ގައުމީ ޓީމުގެ ނެރޭސް އެވެ. އެ ގޮތުން، މެޗުގެ 39 ވަނަ މިނިޓްގައި ނެރޭސް ނަޕޯލީ އަށް ލީޑުނަގައިދިނީ މަޓެއޯ ޕޮލިޓާނޯ ދިން ބޯޅައަކުން ހަމަޖެހިލައިފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ލަނޑު ޖެހުމަށް ފަހު ނެރޭސް (ވ) އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް


ނެރޭސް، ނަޕޯލީ އަށް ދެ ވަނަ ލަނޑު ޖަހައިިދިނީ، މެޗުގެ 57 ވަނަ މިނިޓްގަ އެވެ. މިއީ، މުޅިން އަލަށް ސުޕަ ކަޕް ފައިނަލުގައި ވާދަކުރި ބޮލޯނިއާ އިން އެ ޓީމުގެ ފަހަތުން ފަށައިގެން އެޓޭކެއް ކުރަން މަސައްކަތް ކުރަނިކޮށް ގެއްލުނު ބޯޅައެއް ހޯދައި ނެރޭސް ޖެހި ގޯލެކެވެ.

މިއީ އެންޓޯނިއޯ ކޮންޓޭ ހަވާލުވި ފަހުން، ނަޕޯލީ އަށް ލިބުނު އިތުރު ކާމިޔާބެކެވެ.

އިޓާލިއަން ސުޕަ ކަޕްގައި މިހާރު އޮންނަ ފޯމެޓްގައި ކުޅެނީ ފާއިތުވި ސީޒަނުގެ އިޓާލިއަން ލީގުގެ އެއް ވަނަ އާއި ދެ ވަނަ އަދި، އިޓާލިއަން ކަޕްގެ ޗެމްޕިއަނާއި ރަނަރަޕް އެވެ. އެ ގޮތުން، މި މުބާރާތް ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްގެންދާއިރު، ދާދި ފަހުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، ސުޕަ ކަޕް، 2029 ވަނަ އަހަރާ ހަމައަށް ސައުދީ އަރަބިއްޔާގައި ކުޅެން ނިންމައިފަ އެވެ.