Advertisement

ޔަމާލްގެ ގޯލާ އެކު މޮޅުވެ ބާސެލޯނާ އަށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް

about 2 hours 0


ޔަމާލްގެ ގޯލާ އެކު މޮޅުވެ ބާސެލޯނާ އަށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް

about 2 hours 0

ބާސެލޯނާ (ޑިސެމްބަރު 21) - ސްޕެނިޝް ލީގުގައި މިރޭ ލަމީން ޔަމާލް ޖެހި ގޯލާ އެކު، 2-0 ވިޔަރެއާލް ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި ރޭ ސެވިއްޔާ އަތުން މޮޅުވެ، ބާސެލޯނާގެ ލީޑު ރެއާލުން ވަނީ އެއް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެކަމަކު، ވިޔަރެއާލް ބަލިކޮށް ބާސެލޯނާ އިން މި ވަނީ އަލުން ލީޑުފުޅާކޮށްފަ އެވެ. ބާސެލޯނާ އަށް 18 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 18 މެޗުން ލިބުނީ 42 ޕޮއިންޓެވެ.

ވިޔަރެއާލް ދަނޑުގައި ކުޅުނު މެޗުގެ 12 ވަަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުނެގީ ޕެނަލްޓީ އަކުން ރަފީނިއާ ޖެހި ގޯލުންނެެވެ. މިއީ، ރަފިނިއާ އަށް ވިޔަރެއާލްގެ ސަންޓި ކަމެސާނާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ބާސެލޯނާ އަށް ލީޑުފުޅާކޮށްދޭން ރަފީނިއާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބާސެލޯނާގެ ޖޫލްސް ކޫންޑޭ އަތުން ބައިކޮޅަށް ވަން ގޯލަކުން ވިޔަރެއާލުން އެއްވަރުކުރި ކަމަށް ބެލެވުނު ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ވިޔަރެއާލަށް އެއްވަރުކޮށްދޭން ޓަޖޫ ބުޗާނަން ޖެހި ބޯޅަ ދަނޑިކައިިރިން ދިޔައިރު، ނިކޮލަސް ޕެޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެެވެ.

ވިޔަރެއާލަށް އުނދަގޫ ހާލަތެއް ކުރިމަތިވީ މެޗުގެ 39 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު، ރެނާޓޯ ވެއިގާ އަށް ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑެއް ދެއްކީ ޔަމާލަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ބާސެލޯނާ އިން 63 ވަނަ މިނިޓްގައި ލީޑުފުޅާކުރީ ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން ޔަމާލް ޖެހި ގޯލުންނެވެ. ޔަމާލަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ވެސް އަމިއްލަ ދަނޑުގައި ކުޅުނު ވިޔަރެއާލުން ބާސެލޯނާ އަށް ނުރައްކާކުރި އެވެ. އެ ގޮތުން، ވިޔަރެއާލްގެ ޖިއޯޖެސް މިކައުޓަޓްޒޭ އާއި ސާޖީ ކާޑޯނާ، ފޮނުވާލި ބޯޅަތައް ބާސެލޯނާގެ ކީޕަރު، ޖޮއާން ގާސިއާ ވަނީ މަަތަކޮށްފަ އެވެ.