Advertisement

އެޕްސްޓީން ފައިލްސް: އެންޑްރޫގެ އާ ފޮޓޯތަކާއެކު އިނގިރޭސި ޝާހީ އާއިލާއަށް ލަދުވެތިކަން

about 2 hours 0


އެޕްސްޓީން ފައިލްސް: އެންޑްރޫގެ އާ ފޮޓޯތަކާއެކު އިނގިރޭސި ޝާހީ އާއިލާއަށް ލަދުވެތިކަން

about 2 hours 0

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި، މަރުވެފައިވާ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅޭ ސިއްރު ފައިލްތަކުގެ ތެރެއިން، އިނގިރޭސި ޝާހީ އާއިލާގެ އެންޑްރޫ މައުންޓްބެޓަން-ވިންޑްސާ (ކުރީގެ ޕްރިންސް އެންޑްރޫ) އަންހެން ކުދިންތަކެއްގެ އުނގުމަތީގައި އޮށޯވެގެން އޮއްވާ ފެންނަ ފޮޓޯތަކެއް ފެންމަތިވެ، މުޅި ދުނިޔޭގެ ސަމާލުކަން މި މައްސަލައަށް އަނެއްކާވެސް ހުއްޓިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު އާންމުކުރި ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ މި ފޮޓޯ ނަގާފައި ވަނީ އިނގިރޭސިވިލާތުގެ ނޯފޯކްގައި ހުންނަ ޝާހީ އާއިލާގެ ސޭންޑްރިންގްހަމް އެސްޓޭޓްގެ ސެލޫން ރޫމްގަ އެވެ. އެންޑްރޫ އޮތީ އަންހެން ކުދިންތަކެއްގެ އުނގުމަތީގައި ލޯ މަރާލައިގެން ހިނިތުންވެފައެވެ.

އޭނާގެ ފަހަތުގައި، ޖިންސީ ވަގުފާރީގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ގިލެއިން މެކްސްވެލް ހިނިތުންވެފައި އެންޑްރޫއަށް ބަލަހައްޓައިގެން ހުރެ އެވެ. ފޮޓޯގައި ހިމެނޭ އަންހެން ކުދިންގެ މޫނުތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އާންމުކުރީ އެ ކުދިންގެ މޫނު ނޭނގޭ ގޮތް ހަދާފަ އެވެ.

މި ފޮޓޯތަކުގެ ސަބަބުން ޝާހީ އާއިލާއަށް ވަނީ ލަދުވެތިކަން ކުރިމަތިވެފަ އެވެ. އުމުރުން 65 އަހަރުގެ އެންޑްރޫއަކީ އިނގިރޭސި ކުރީގެ ރާނީ އެލިޒަބަތުގެ ތިން ވަނަ ދަރިފުޅެވެ.

އާންމުކުރި ފައިލްތަކުގައި އެންޑްރޫގެ ކުރީގެ އަނބިކަނބަލުން ސާރާ ފާގަސަންގެ ފޮޓޯތަކެއް ވެސް ވަނީ ހިމެނިފައެވެ. އެއް ފޮޓޯއަކުން އޭނާ ސޯފާއެއްގައި އިންނަ މަންޒަރު ފެންނައިރު، އޭނާގެ ކައިރީގައި ތިބި އަންހެނުންގެ މޫނު ވެސް ވަނީ ސިއްރުކޮށްފައެވެ. މީގެ އިތުރުން، އެޕްސްޓީންއަކީ އޭނާގެ "އެންމެ ގާތް އެކުވެރިޔާ" ކަމަށް ބުނެ ސާރާ ލިޔެފައިވާ އީމެއިލްތަކެއް ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.

ރަސްގެފާނު ލާޗްސް އާއި އެންޑްރޫ


އިނގިރޭސި ރަސްގެފާނު ޗާލްސް ވަނީ އެންޑްރޫގެ "ޕްރިންސް" ލަގަބާއި ޝަރަފުތައް އަތުލާފައެވެ. އަދި ވިންޑްސާގައި ހުންނަ "ރޯޔަލް ލޮޖް" އިން އެންޑްރޫ ނިކުތުމަށް ވަނީ އަންގާފައެވެ.

ނަމަވެސް އެންޑްރޫ އަބަދުވެސް ބުނަމުންދަނީ އެޕްސްޓީންއާ އެކު އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

އެޕްސްޓީންގެ ފައިލްތައް އާންމުކުރީ އެމެރިކާގެ ކޮންގްރެސްއިން ފާސްކުރި ގާނޫނެއްގެ ދަށުންނެވެ. މި ފައިލްތަކުގައި ބިލް ކްލިންޓަން، ޑޮނަލްޑް ޓްރަމްޕް، އަދި މައިކަލް ޖެކްސަން ފަދަ މަޝްހޫރު ބޭފުޅުންގެ ނަންތައް ހިމެނުނު ކަމުގައި ވިޔަސް، އެމެރިކާއިން އިން ބުނަނީ ހަމައެކަނި ފައިލްގައި ނަން އޮތުމަކީ އެމީހަކު ކުށެއް ކުރިކަމުގެ ހެއްކެއް ނޫން ކަމަށެވެ.

ހުރިހާ ޑޮކިއުމެންޓެއް އާންމުކުރުމުގެ ކުރިން އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން މިދިޔަ މަހު ވަނީ 20،000 ޑޮކިއުމެންޓެއް އާންމުކޮށްފައެވެ. އޭގެ ތެރެއިން ދިވެހިން އެންމެ ބޮޑަށް އަޅައިގަތީ އެޕްސްޓީން އާއެކު ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު، ކުރީގެ ރައީސް މުހައްމަދު ވަހީދު ގާތް ގުޅުމެއް ބޭއްވިކަން ހާމަވި މެއިލްތަކެވެ.