19 ޑިސެންބަރު 2025 - 14:09 1
ޕަރީގެ ޕޯސްޓަރެއް
19 ޑިސެންބަރު 2025 - 14:09 1
ދިވެހި ސިނަމާ އިންތިޒާރުކުރަމުންދާ އެންމެ ވަރުގަދަ ބިރުވެރި ފިލްމު "ޕަރީ" ބަލާލުމަށް ކެތްމަދުވެފައި ތިބި ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. މި ފިލްމުގެ ޓިކެޓް މިއަދު މެންދުރު ފަހު 2:00 ގައި އޮލިމްޕަހުގައި ވަނީ ވިއްކަން ފަށައިފަ އެވެ.
އަލީ ސީޒަން ޑައިރެކްޓްކޮށް، ސީޒަން އާއި އަހުމަދު އަހުސަން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަވައްޓެރި ސްރީ ލަންކާއަށް ދާ ދިވެހި އާއިލާއަކަށެވެ. އެ އާއިލާއަށް ލަންކާގައި ދިމާވާ ނާމާން އަދި ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ ބެލުންތެރިންގެ ގައިން ހީބިހި ނަގުވާލާނެ ފަދަ ތަފާތު މަސައްކަތެކެވެ.
ފިލްމުގެ 99 ޕަސެންޓު މަންޒަރުތައް ނަގާފައިވަނީ ލަންކާގެ ހިތްގައިމު އަދި އެހާމެ ބިރުވެރި މާހައުލުތަކުގައެވެ.
ލަންކާގެ މޭކަޕް އާޓިސްޓުންނާއި ޝޫޓިންގް ކުރޫގެ އެހީތެރިކަން މި ފިލްމަށް ހޯދާފައިވާއިރު، ސީޖީއައި އާއި ވިޝުއަލް އިފެކްޓްސް އަދި 7.1 ސަރައުންޑް ސައުންޑް މިކްސިންގްގެ މަސައްކަތް ކުރިއަށް ދިޔައީ އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯތަކުގައެވެ.
ފިލްމުގެ މައިގަނޑު ރޯލުން ފެންނާނީ މަރްޔަމް ލަމްސާ ލަތީފް (ޕަރީ)، އާއި އައިޝަތު ރިޝްމީ، އަލީ ސީޒަން، ޖުމައްޔިލް ނިމާލް އަދި ޝީލާ ނަޖީބް އެވެ.
ޖެނުއަރީ 7، 2026 ގައި ރިލީޒްކުރާ މި ފިލްމަކީ ބައިނަލްއަގުވާމީ ބެލުންތެރިންނަށްވެސް އަމާޒުކޮށް އިނގިރޭސި ސަބްޓައިޓްލްއާ އެކު ގެނެސްދޭ ފިލްމެކެވެ. މި ބިރުވެރި ތަޖުރިބާ ސިނަމާގައި ކުރުމަށްޓަކައި އަވަހަށް އޮލިމްޕަހުން ޓިކެޓް ގަންނާށެވެ.
ޓިކެޓު ގަތުމަށް ގުޅާނީ: 9331242
Comment