Advertisement

ހަކުރު ކޮންޓްރޯލް ކުރުމަށް އެވޮކާޑޯ ބޭނުންކުރުން ރަނގަޅު

about 11 hours 0


ހަކުރު ކޮންޓްރޯލް ކުރުމަށް އެވޮކާޑޯ ބޭނުންކުރުން ރަނގަޅު

about 11 hours 0

މެންދުރު ކައި ނިމިގެން ނުވަތަ ރޭގަނޑު ކައި ނިމިގެން ފޮނި މޭވާއެއް ކައިލުމުގެ ގޮތުން އެވޮކާޑޯ ކެއުމަށް ވުރެ، އޭގައި އެކުލެވޭ އެހެން ފައިދާތައް މާ ބޮޑު ކަމަށް ސައެންސްގެ ހޯދުންތަކުން ދައްކައެވެ. ނަމަވެސް ދެއިރު ކެއުން ރަނގަޅެއް ނޫނެވެ. އަދި ރޭގަނޑުގެ ކެއުމަށް ފަހުގައި، ފޮނި މޭވާތައް ކެއުން ވެސް ރަނގަޅެއް ނޫނެވެ.

މެންދުރުގެ ކެއުމަށް ފަހު އެވޮކާޑޯ ފަޅިއެއް ކައިލުމުން، ވަރަށް ގިނަ ސިއްހީ ފައިދާތައް ލިބެއެވެ. ފުރަތަމަ ކަމަކީ، އެމިންވަރަށް އެވޮކާޑޯ ކެއުމުން، ބަނޑުހައިކަން އިހްސާސް ނުވެ ގިނަ ވަގުތު ހުރެވޭނެއެވެ. ސަބަބަކީ އެވޮކާޑޯއަކީ ހަށިގަނޑަށް ބޭނުންވާ ފައިދާ ހުރި ސަރުބީ އެކުލެވޭ މޭވާއެކެވެ. އަދި ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ އެހެން މާއްދާތައް ވެސް އެކުލެވޭ މޭވާއެކެވެ.

ފޮނި މޭވާތަކުގެ ގިނަ ބާވަތްތަކަކީ ވަރަށް މަތީ މިންވަރަކަށް ކާބޮހައިޑްރޭޓް ހިމެނޭ މޭވާއެވެ. އޭގެ ސަބަބުން، ލޭގައި ހަކުރުގެ މިންވަރު މަތިވެއެވެ. ނަމަވެސް އެވޮކާޑޯ މުޅިން ތަފާތެވެ. އެވޮކާޑޯގައި ގިނައިން އެކުލެވެނީ ސަރުބީގެ ބާވަތްތަކެވެ. ވަކިން ހާއްސަކޮށް، ހިތުގެ ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް މާއްދާ ކަމަށްވާ މޮނޯއަންސެޗުރޭޓެޑް ފެޓް ކިޔާ ސަރުބި އެވެ.

މި ބާވަތުގެ ސަރުބިއަކީ މައިދާގައި ހުންނަ ކާނާ ހަޖަމުކުރުން ލަސްކޮށްދޭ މާއްދާއަކަށް ވުމުން، ކެއުމާ ވިދިގެން ކުއްލިއަކަށް ހަކުރުގެ މިންވަރު މައްޗަށް ދާ ދިއުން ހުއްޓަވައިދެއެވެ. ހަކުރު ބަލި ހުންނަ މީހުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހެނީ، ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށެވެ. ނުވަތަ އެއް މިންވަރެއްގައި ހިފެހެއްޓުމަށެވެ.

ނިއުޓްރިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މެންދުރުގެ ކޮއްތުގެ ތެރެއަށް އެވޮކާޑޯ ފަޅިއެއް އިތުރުކޮށްލުމުން، ބަނޑުހައި ނުވެ ގިނަ ވަގުތު ހުރެވޭނެއެވެ. އަދި ހަކުރު ބަލި ހުންނަ މީހުން ކެއުމާ ވިދިގެން، ކުއްލިއަކަށް ލޭގެ މިންވަރު މައްޗަށްދާ ދިއުން ވެސް ކޮންޓްރޯލް ވާނެއެވެ.

އޭގެ އިތުރުން އެވޮކާޑޯއަކީ ފައިބަރުން ވެސް މުއްސަނދި މޭވާއެކެވެ. އެންމެ އެވޮކާޑޯއެއްގައި އެވްރެޖް ގޮތެއްގައި 10 ގުރާމްގެ ފައިބަރު އެކުލެވެއެވެ. މިއީ މެދުމިނު އާދަމު ދަރިއަކަށް ދުވާލަކު ބޭނުންވާ ފައިބަރުގެ 40 އިންސައްތައެވެ. އަދި އެހެން ބާވަތްތަކުގެ މޭވާތަކުން ލޭގެ ތެރެއަށް ހަކުރުގެ ބައިތައް ދަމައިގަންނަ މިންވަރާ އަޅައި ބަލާއިރު، އެވޮކާޑޯ އިން ލޭގެ ތެރެއަށް ހަކުރުގެ ބައިތައް ދަމައިގަންނަ ނިސްބަތްވެސް ވަރަށް ދަށްކަމަށް ދިރާސާއިން ދައްކައެވެ.

މި ކަމުގެ ސަބަބުން ވެސް ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީވެދެއެވެ. އެހެން ދިރާސާއަކުން އެނގިފައިވާ ގޮތުގައި ހަށިގަނޑަށް ގިނައިން ފައިބަރު ލިބުމަކީ ހަކުރުގެ މިންވަރު ދަށްކޮށްދީ، ހަށިގަނޑުން އިންސުލީން ބޭނުންކުރާ ގޮތް ވެސް ހަރުދަނާކޮށްދޭ ކަމެކެވެ.

ފައިބަރާއި ހަށިގަނޑަށް ބޭނުންވާ ސަރުބީގެ އިތުރުން ވެސް ހަށިގަނޑަށް ބޭނުންވާ އެހެން މުހިންމު ބައެއް މާއްދާތައް އެވޮކާޑޯގައި އެކުލެވެއެވެ. ހިތަށާއި ހަށިގަނޑުގެ އެހެން މަސްތަކަށް ބޭނުންވާ ޕޮޓޭސިއަމްގެ އިތުރުން، ވިޓަމިން ސީ، އީ، ކޭ އަދި ބީ6 ވެސް އެކުލެވެއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމަށް މުހިންމު މައުދަނުގެ ބާވަތްތައް ކަމަށްވާ މެގްނީސިއަމް އާއި ކޮޕާ ވެސް، އެވޮކާޑޯގައި އެކުލެވެއެވެ.

އެވޮކާޑޯއަކީ ސިއްހީ ގޮތުން ފައިދާތައް ގިނަ މޭވާއެއް ކަމަށް ވިޔަސް، މި މޭވާ ކާ މިންވަރު ވަރަށް މުހިންމެވެ. އޭގައި އެކުލެވޭ ސަރުބީގެ ސަބަބުން، އެވޮކާޑޯއަކީ ވަރަށް މަތީ މިންވަރަކަށް ކެލޮރީ ވެސް އެކުލެވޭ މޭވާއަކަށް ވާތީ، ހަކުރު ކޮންޓްރޯލް ކުރުމުގެ ނިޔަތުގައި މާ ގިނައިން ކާން ފަށައިފިއްޔާ، އިސާހިތަކު ހަށިގަނޑު ބަރުވާން ފަށާނެއެވެ. އެހެން ވެއްޖެއްޔާ، ހަކުރު ކޮންޓްރޯލް ކުރުން އަނެއްކާ ވެސް އުނދަގޫ ވާނެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެވޮކާޑޯ ކާންވާނީ، އެމީހެއްގެ ހަށިގަނޑަށް ކެލޮރީ ބޭނުންވާ ނިސްބަތަށް ބަލައިގެންނެވެ. އެކަން ބެލުމަށް ފަހު، ދުވާލަކު އެވޮކާޑޯއެއް ނުވަތަ އެވޮކާޑޯ ފަޅިއެއް ކެއުން ރަނގަޅެވެ. އެއަށް ވުރެ ގިނައިން ކައިފިއްޔާ ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވެދާނެއެވެ.

ކެއުމަށް އެންމެ ރަނގަޅީ ދޮންވެ ފައްކާވެފައި ހުންނަ އެވޮކާޑޯއެވެ. އިނގިލި ޖައްސައިލުމުން މަޑުވެފައި ހުންނަ ނަމަ، އެހެރީ ދޮންވެ ފައްކާވެފައެވެ. އިނގިލި ޖައްސައިލާއިރު ހަރުކޮށް ހުރިއްޔާ، ރަނގަޅަށް ދޮންވެ ފައްކާ ވަންދެން – މަޑުވަންދެން – ގޭތެރޭގެ ފިނިހޫނުމިނުގައި ބަހައްޓައިގެން ފައްކާކުރާށެވެ. ތަންކޮޅެއް އަވަހަށް ފައްކާކުރަން ބޭނުން ނަމަ، ދޮންކެޔޮ ވަކަކާއެކު ނުވަތަ އާފަލަކާ އެކުގައި ކަރުދާހު ކޮތަޅަކަށްލައި ބަންދުކޮށްލާފައި ބާއްވާށެވެ. ފައްކާވުމަށް ފަހުގައި ގިނަ ދުވަހަށް ބަހައްޓަން ބޭނުމިއްޔާ، އައިސް އަލަމާރީގައި ރައްކާކުރާށެވެ.