Advertisement

އެމްބާޕޭ، ރެއާލްގައި ރޮނާލްޑޯ ހެދި ރެކޯޑަކާ ދިމާލަށް

18 ޑިސެންބަރު 2025 - 10:06 0


އެމްބާޕޭ، ރެއާލްގައި ރޮނާލްޑޯ ހެދި ރެކޯޑަކާ ދިމާލަށް

18 ޑިސެންބަރު 2025 - 10:06 0

މެޑްރިޑް (ޑިސެމްބަރު 18) - ކަލަންޑަރު އަހަރެއްގައި އެންމެ ގިނަ ގޯލު ޖަހައިގެން، ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑުގައި ހަދާފައި އޮތް ރެކޯޑަކާ ހަމަކުރުުމުގެ ފުރުސަތު ކީލިއަން އެމްބާޕޭ ބޮޑުކޮށްްފި އެވެ.

ރެއާލުން ވަނީ ރޭ ކުޅުުނު ސްޕެނިޝް ކަޕްގެ ގަދަ 32 ޓީމު ކުޅޭ ބުރުގެ މެޗުގައި، ތިން ވަަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޓަލަވޭރާ އަތުން 3-2 އިން މޮޅުވެފަ އެވެ. މި މެޗުގައި، އެމްބާޕޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

އެއާ އެކު، މި އަހަރު އެމްބާޕޭ، ރެއާލަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 58 އަށް އަރައިފަ އެވެ. ރެއާލުގައި ހުރެ ކަލަންޑަރު އަހަރެއްގައި ރޮނާލްޑޯ އެންމެ ގިނަ ލަނޑު ޖެހީ، 2013 ވަނަ އަހަރު 59 ގޯލެވެ. ރޮނާލްޑޯގެ އެ ރެކޯޑާ ހަމަކުރަން ނޫނީ އެ ރެކޯޑް މުގުރާލުމަށް އެމްބާޕޭ އަށް އޮތް ފުރުސަތަކީ، ސްޕެނިޝް ލީގުގައި އަންނަ ހޮނިހިރު ދުވަހު ސެވިއްޔާއާ އެކު ކުޅޭ މެޗެވެ.

މެޗުތަކުން މޮޅުވާން ރެއާލުން އެމްބާޕޭ އަށް ބަރޯސާވެފައި އޮންނަ އޮތުމާ ބެހޭގޮތުން، ސުވާލުކުރުމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައިވަނީ، އެހެން ކުޅުންތެރިންނަށް ވެސް ލަނޑު ޖެހުމަށް ލިބޭ ފުރުސަތުތަކުގެ ނިސްބަތް މަދެއް ނޫން ކަމަށާއި ހަގީގަތަކީ، އެމްބާޕޭއާ އެއްވަރަށް އެހެން ކުޅުންތެރިންނަށް ވެސް ލަނޑު ޖެހުމުގެ ފުރުސަތު އޮތްކަން ކަމަށެވެ.

ދިހަ ބަދަލާ އެކު، ރެއާލުން ނުކުތް މި މެޗުގައި، އެ ޓީމުން ތިން ގޯލުގެ ލީޑެއްގައި އޮތް ނަމަވެސް، ފަހުން ޓަލަވޭރާ ވަނީ ދެ ގޯލު ޖަހައި، ރެއާލަށް ޕްރެޝަރުކޮށްފަ އެވެ. އަލޮންސޯ ބުނީ، މި މެޗަށް ނުކުތްއިރު މުހިންމު ކަމަކީ، ހުރިހާ ކަމަކަށް ބެލުމެއް ނެތި، މޮޅުވެގެން މި ވަގުތު ކްލަބްގެ ހާލަތު ބަދަލުކުރަން ބޭނުންވާ ގޮތަށް މޮޅުވަމުން ކުރިއަށް ދިއުން ކަމަށެވެ.