about 9 hours 0
ދުބާއީ ސްޓައިލްގެ ކުނަފާ ޗޮކްލެޓެއް
about 9 hours 0
މި ފަހަކަށް އައިސް މުޅި ދުނިޔޭގައި މަސްހޫރުވި ކުނަފާ ޗޮކްލެޓު ހިމެނޭހެން ދުބާއީ ސްޓައިލްގެ އެފަދަ ޗޮކްލެޓު، އެޖާލީ ހުންނަ މީހުން ބޭނުން ނުކުރުމަށް އިނގިރޭސިވިލާތުގެ ފުޑް ސްޓޭންޑަޑްސް އެޖެންސީ (އެފްއެސްއޭ) އިން އިލްތިމާސްކޮށްފި އެވެ.
މި ޗޮކްލެޓަކީ އާންމުކޮށް ޕިސްޓާޗިއޯ، ތަހީނީ އަދި ކުނަފާ އަޅައިގެން ތައްޔާރުކުރާ ޗޮކްލެޓެކެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ބާޒާރުގައި ވިއްކަން ހުރި މިފަދަ ބައެއް އުފެއްދުންތަކަކީ އެ ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ތަކެތި ކަމަށް އެފްއެސްއޭ އިން ވަނީ ފާހަގަކޮށްފައެވެ.
އެފްއެސްއޭގެ ޑައިރެކްޓަރ އޮފް ޕޮލިސީ ރެބެކާ ސަޑްވޯތު ވިދާޅުވީ ބާޒާރުން ފެނުނު ބައެއް އުފެއްދުންތަކުގައި ޕީނަޓު އަދި ސެމަމީ ހިމެނޭއިރު، ޕެކެޓުގެ ބޭރުގައި އެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށެވެ. މިއީ މިފަދަ ތަކެއްޗަށް އެލާޖިކްވާ މީހުންނަށް ފުރާނައަށް ނުރައްކާވެދާނެ ފަދަ އިހުމާލެކެވެ.
އެފްއެސްއޭ އިން މިހާރު ދަނީ ބާޒާރުގައި ހުރި މިފަދަ ޗޮކްލެޓްތަކުގެ އިތުރު ސާމްޕަލްތައް ނަގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، އެލާޖީ ނުހުންނަ މީހުންވެސް އިތުބާރު ހުރި ބޮޑެތި ބްރޭންޑްތަކުން އުފައްދާ ތަކެތި ބޭނުންކުރުމަށް ކަމާބެހޭ އިދާރާތަކުން ލަފާދެއެވެ.
Comment