about 6 hours 3
އަހުމަދު އާއިދު
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން: އޭނާ ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް މައުލޫމާތު ވަނީ ލިބިފަ ---- ފޮޓޯ: ރައީސް އޮފީސް
about 6 hours 3
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ކިޑްނީގެ ސީރިޔަސް ބައްޔަކަށް ފަރުވާ ހޯއްދަވަމުންދާ ކަމަށް އެނގިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްސާން މި ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް ގައްސާން އަދި ޑިފެންސް މިނިސްޓްރީގެ ބަހެއް މި ހަބަރަކަށް ނުލިބުނެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި، އާލާސްކަންފުޅާ އުޅުއްވާތީ ކެބިނެޓު ބައްދަލުވުން އަދި މުހިންމު ބައެއް އެހެން ބައްދަލުވުންތަކުގައި ވެސް ގައްސާން ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު، އިބްރާހީމް ހަލީލް އާއި ސުވާލުކުރުމުން ވިދާޅުވީ ގައްސާނުގެ ބަލިހާލަތާއިމެދު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ނަމަވެސް، ގައްސާން އޮފީހަށް ނުކުންނަވައި މަސައްކަތް ކުރައްވަމުންދާ ކަމަށް ހަލީލު ވިދާޅުވި އެވެ.
ގައްސާނު ކިޑްނީގެ ބައްޔަށް ބޭސްކުރައްވަމުންދާ ކަމަށް ބުނެ މި ހަފުތާ ބަންދުގެ ތެރޭ ސޯޝަލް މީޑިއާގައި ވެސް އަޑު ފެތުރުނެވެ.
ކުރީގެ ރައީސް މައުމޫންް އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގައްސާން އަކީ ކުރީގެ ޕީޕީއެމް ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރެވެ.
ގައްސާން ވަނީ ކިންގްސް ކޮލެޖް ލަންޑަންއިން މޮލިކިއުލާ ބަޔޮލޮޖީ އެންޑް ބަޔޯމެޑިކަލް ސައިންސަސް ރިސާޗް ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފަ އެވެ.
Comment