Advertisement

ޕާކިސްތާނު އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގެންފި

23 އޮކްޓޯބަރު 2025 - 21:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިފެންސް މިނިސްޓަރު ގައްސާން، ޕާކިސްތާނުގެ އަސްކަރިއްޔާގެ ފް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ޒާހިރު ސަމްޝާދު މިރްޒާ އާއެކު ---- ފޮޓޯ: ޑިފެންސް މިނިސްޓްރީ


ޕާކިސްތާނު އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގެންފި

23 އޮކްޓޯބަރު 2025 - 21:08 0

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސް އެއް ޖެނެރަލް އަދި އެ ގައުމުގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ޒާހިރު ސަމްޝާދު މިރްޒާ ރާއްޖެ ވަޑައިގެންފި އެވެ.

އޭނާ ރާއްޖެ ވަޑައިގެންނެވީ އިއްޔެ ކަމަށް މައުލޫމާތު ލިބެ އެވެ. މި ދަތުރުގެ ތެރެއިން ޒާހިރު މިއަދު ވަނީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާ ބައްދަލުކުރައްވައިފަ އެވެ.

ޑިފެންސް މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޖެނެރަލްގެ މި ބައްދަލުވުމުގައި އޭނާގެ އިތުރުން، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާގެ އިތުރުން ވެސް ޕާކިސްތާނުގެ އަސްކަރިއްޔާގެ ބައެއް އިސް އޮފިސަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވެނީ ދެ ގައުމުގެ ދެމެދު އަސްކަރީ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުންނެވެ.

ގައްސާންގެ އިތުރުން މިިއަދުގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ދިވެހި ސިފައިންގެ އިސްވެރިން ވެސް ބައިވެރިވި އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮންނަ އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެ ގައުމުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" މި އަހަރުގެ ކުރީކޮޅު ރާއްޖެ އައިސް ތަމްރީނުތަކެއް ބޭއްވި އެވެ.