Advertisement

މެންބަރު މައުރޫފް ފަސް ދުވަހަށް ބަންދުކޮށްފި

about 1 hour 0

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ): އޭނާއަކީ ބީކޭއެމްޔޫގެ ހިންގާ ކޮމިޓީގެ މެންބަރެއް --- ފޮޓޯ: އަދަދު


މެންބަރު މައުރޫފް ފަސް ދުވަހަށް ބަންދުކޮށްފި

about 1 hour 0

ބޮޑު ކަންނެލި މަސްވެރިންގެ ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ.

މަސްވެރިންގެ ދުވަހުން ފެށިގެން، ބޮޑު ކަންނެލި މަސްވެރިން ކުރަމުން ދިޔަ މުޒާހަރާ ރުޅާލައި މަޓޭ އާއި ދެ ކެޔޮޅަކާއި ހަތަރު ބިދޭސީއަކު ހައްޔަރު ކުރި އެވެ. މިހާތަނަށް މުއްދަތު ޖެހިކަން ކަށަވަރުވީ މަޓޭ އާއި މި އެއް ކެޔޮޅަކަށެވެ.

މަޓޭ ބަންދުކުރަން ކޯޓުން އަމުރުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓިން ވަނީ އޭނާ ބަންދުކުރި މައްސަލަ ބަލަން ނިންމާފަ އެވެ. އަދި، މަޓޭ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.

މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާ ގޮތުން ޖިނާއި ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ މެންބަރަކު ތަހުގީގަކަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓު އަމުރެއް އޮންނަން ޖެހެ އެވެ. މެންބަރަކު ހައްޔަރުކޮށްފި ހާލަތެއްގައި މަޖިލީހުގެ ރައީސަށް އެކަން ލިޔުމުން އަންގަން ޖެހެ އެވެ.

ފުލުހުން މިހާތަނަށް ދިން މައުލޫމާތުގައި ބުނީ ހައްޔަރުކުރި މީހުންނަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި މައްސަލައިގައި ހައްޔަރުކުރި މީހުން ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ މަސްވެރިންގެ ދުވަހެވެ. އެ މުޒާހަރާ ފެށީ 49 ކަންނެލި މަސްވެރިކަން ކުރާ އޮޑިފަހަރާ އެކީގަ އެވެ.

މުޒާހަރާގައި ބައިވެރިވި އުޅަނދުތައް ހުޅުމާލެ ބަނދަރުން ނުކުމެގެން އައިސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ނަގިލި ލައިގެން ތިބީ މާލޭގެ ބޭރު ތޮށީގެ ބޭރުން ކަނޑުގަ އެވެ. އެހެން ތިއްބައި ޑިސެމްބަރު 11، ގެ ހެނދުނު ފުލުހުން ވަނީ ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް، މުޒާހަރާ ހުއްޓާނުލައި އަންނަނީ ހުޅުމާލޭ ފަޅުގައި ކުރަމުންނެވެ.

މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ. މިއީ ހައްތަހާވެސް މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރިއިރު މެނިފެސްޓޯގައި ލިޔެފައިވާ ވައުދުތަކެކެވެ.