about 2 hours 0
ކްރިމިނަލް ކޯޓުގެ އެނެކްސް އިމާރާތަށް މަސްވެރިންތަކެއް ވަންނަނީ: އެ ތަނުގައި ތިބި މީހުން ވަނީ ހައްޔަރުކުރި އެންމެން ދޫކޮށްލަން ގޮވާލާފައި --- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު
about 2 hours 0
ބޮޑު ކަންނަލި މަސްވެރިން ޔޫނިއަން (ބީކޭއެމްޔޫ) އިން ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި، މަސްވެރިންތަކެއް ހުޅުމާލޭގައި ހުންނަ ކްރިމިނަލް ކޯޓުގެ އިމާރާތް ކައިރިއަށް އެއްވެއްޖެ އެވެ.
ބޮޑު ކަންނެލި މަސްވެރިން އެ ސަރަހައްދަށް އެއްވީ، އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރާތީ އެވެ.
މަސްވެރިންގެ މުސާހަރާއިން އިއްޔެ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އާއި ދެ އޮޑިއެއްގެ ކެޔޮޅުންނާއި އެ އޮޑިތަކުގައި ގަވާއިދާ އެއް ގޮތަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ބުނާ ހަތަރު ބިދޭސީންނެވެ.
މަސްވެރިން އެ ސަރަހައްދުގައި ސުލްހަވެރިކަމާ އެކު އަޑުއުފުލަމުން ދިޔައިރު، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް ތިއްބެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެއް ކެޔޮޅަކު ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ބީކޭއެމްޔޫ އިން އިންތިޒާމުކޮށްގެން މިދިޔަ ބުދަ ދުވަހު ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގަ އެވެ. އެ މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވި އެވެ.
މި މުޒާހަރާގެ ބައިވެރިން މާލެ ބޭރުގައި މުޒާހަރާ ކުރަން ފެށުމުން، އިއްޔެ ފުލުހުން ވަނީ އެ މުޒާހަރާތަކުގައި ބިދޭސީން ބައިވެރިވަމުން އަންނަ ކަމަށް ބުނެ އޮޑިތަކަށް އަރައި، މީހުން ހައްޔަރުކޮށް، ތިން އޮޑި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޑިމާންޑުތަކަކީ، ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
Comment