about 20 hours 0
about 20 hours 0
ޒިއުރިކް (ޑިސެމްބަރު 10) - ފީފާ އިން ފުރަތަމަ ފަހަރަށް ދިން ސުލްހަ އަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ އަގުވަޒަންކުރުމުގެ އިނާމް، ޕީސް ޕްރައިޒް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އެރުވި މައްސަލައިގައި ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ފީފާގެ އެތިކްސް ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
ފީފާ އިން ޓްރަމްޕަށް މި މަގާމު ދިނީ، މިދިޔަ ހުކުރު ދުވަހު ވޮޝިންޓަން ޑީސީގައި ބޭއްވި އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. އަންނަ އަހަރުގެ ޖޫން/ޖުލައި މަހު ފީފާ ވޯލްޑް ކަޕް ކުރިއަށްދާނީ އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގަ އެވެ.
މި މަގާމު ޓްރަމްޕަށް އެރުވުމާ އެކު، އޭނާ ވިދާޅުވީ، މިއީ، ހަޔާތުގައި ވެސް ލިބިގެންދިޔަ އެންމެ ޝަރަފުވެރި އެއް އަގުވަޒަންކުރުމުގެ އިނާމު ކަމަށެވެ. އޭނާ ވިދާޅުވީ، މީގެ އަހަރެއް ކުރިން އެމެރިކާ އަކީ އެހާ މަޝްހޫރު ގައުމެއްގެ ގޮތުގައި ބައެއް ކަަންކަމުގައި ނެތް ކަމުގައި ވިޔަސް މިހާރު އެއީ އެންމެ ތަފާތު ގައުމުގެ ގޮތުގައި ގިނަ ބަޔަކަށް ފެނިގެންދަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ ފެއާސްކޮޔާ އިން ފީފާގެ އެތިކްސް ކޮމިޓީ އަށް ހުށަހަޅާފައިވާ މަައްސަލައިގައި ބުނެފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯ ވަނީ، ޓްރަމްޕަށް ޕީސް އެވޯޑް އަރުވައި، ފީފާގެ ހަތަރު މާއްދާ އަކާ ހިލާފުވެފައި ކަމަށެވެ.
ފެއާސްކޮޔާ އިން ބުނެފައިވަނީ، ޓްރަމްޕަށް ޕީއެސް އެވޯޑް ދިނުމަށްޓަކައި، ފީފާގެ ރައީސް އިންފަންޓީނޯ ބޭނުންކުރައްވާފައިވަނީ، ލިބިވަޑައިނުގަންނަވާ ބާރެއް ކަމަށެވެ. އަދި، ޓްރަމްޕަށް ތައުރީފުކުރައްވައި، އެކި ޕްލެޓްފޯމްތަކުގައި އިންފަންޓީނޯ ދައްކަވަމުން އަންނަ ވާހަކަތަކާއި އެމެރިކާ އިން ސުލްހަ އަށް ކުރާ މަސައްކަތާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށް ފެއާސްކޮޔާ އިން ވަނީ ބުނެފަ އެވެ.
Comment