about 1 hour 0
about 1 hour 0
އަންނަ އަހަރު ކުޅިވަރު އެތުލީޓުންނަށް ތައާރަފްކުރަން ނިންމާފައިވާ އިންޝުއަރެންސް ސްކީމާއި އަރުތަ ސްކޮލަޝިޕް ޕްރޮގްރާމަށް ގެންނަ ބަަދަލުތަކުގެ ފައިދާ އެތުލީޓުންނަށް ވަރަށް ބޮޑަށ ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ރާފިއު ވިދާޅުވީ، އެތުލީޓުންނަށް އިންޝުއަރެންސެއް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކުރެވޭ ކަމެއްކަމަށާއި މިއީ އެތުލީޓުންގެ ކޮންފިޑެންސަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ.
"އެ ކުދިންގެ ކުޅިވަރަށް އިތުރު އެފަޓެއް ލައިގެން، އެއީ ޓްރެއިނިނިން ކަމުގައި ވިޔަސް އަދި މުބާރާތެއްގައި ކަމަށް ވިޔަސް އެ ކޮންފިޑެންސަކީ ވަރަށް މުހިންމު އެއްޗެއް، ސިއްހީ ފަރުވާގެ ނިޒާމް ނޫނީ ސިއްހީ ފަރުވާގެ ކަށަވަރުކަން އެ ކުދިންނަށް ލިބިގެންދިއުމަކީ އިތުރު އެފަޓެއް ލާން ވަރަށް ފަސޭހަވެގެންދާނެ ކަމެއް،" ރާފިއު ވިދާޅުވި އެވެ.
"އިންޖަރީއެއް ވިޔަސް އަދި ފަރުވާއެއް ހޯދަން ޖެހުނަސް އެކަމުގެ ޔަގީންކަން އެ ކުދިންނަށް ލިބިގެންދިއުމަކީ އެ ޗާންސް އެ ކުދިން ވަރަށް ބޮޑަށް ނަގައިގެން، އިތުރު ހަރުފަތަކަަށް އެ ކުދިންނަށް ދެވޭނެ ކަމެއް،"
ރާފިއު ވިދާޅުވީ، އިންޝުއަރެންސް ތައާރަފްކުރުމާ އެކު، އެތުލީޓުންގެ އާއިލާގެ ޖީބަަށް ލުއިވުމާއި، އަނިޔާވާ އެތުލީޓުންގެ ކަންކަން މެނޭޖްކުރަން އެސޯސިއޭޝަނަށް ވެސް ފަސޭހަތަކެއް ވާނެ ކަމަށެެވެ. އަދި، އަނިޔާގެ ކަންކަން ކުރިމަތިވާ އެތުލީޓަކު އަވަހަށް ދަނޑަށް އެނބުރި އަންނަން ބޭނުންވާ އެންމެ ރަނގަޅު ފަރުވާ އިންޝުއަރެންސްގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ރާފިއު ވިދާޅުވެފައިވެ އެވެ.
"އެހެންވީމަ، މުޅި ކުޅިވަރަށް އޭގެ ސަބަބުން ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އަޅުގަނޑު ޔަގީންކުރަނީ،" ރާފިއު ވިދާޅުވި އެވެ.
ނިމިދިޔަ، ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް، އިސްވެ ހުންނަވައި ފެށި، "އަރުތަ" ޕްރޮގްރާމް ހިންގުމަށް ގަވާއިދެއް އެކުލަވާލައި، އެ ޕްރޮގްރާމްގެ ކަންކަން ރަނގަޅަށް ހިންގުމަށް ކޮމިޓީއެއް އެކުލަވާލުމަށް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި، "އަރުތަ" ޕްރޮގްރާމް ހިންގުމުގެ އުސޫލަށް ވެސް ބަދަލުތަކެއް ގެންނަން އޮތީ ކަނޑައަޅައިފަ އެވެ.
ރާފިއު ފާހަގަކުރެއްވީ މައިގަނޑު ދެ ބަދަލެވެ. އެއީ، އަރުތަ ސްކޮލަޝިޕްގައި ހުންނަ ކުދިންނަށް އޭގެ ތެރެއިން ކިޔެވުމުގެ ހަރަދު ލިބިގެންދިއުމާއި، އަރުތަ ކަންކަން މެނޭޖްކުރާ ކޮމިޓީ މެދުވެރިވިކޮށް ކަންކަން ހިނގާ ގޮތް ރިވިއު ކުރެވިގެންދިއުމެވެ.
"އަރުތައިގެ އެންމެ ބޮޑު ބަދަލަކަށް އަޅުގަނޑު ދެކެނީ، ކިޔަވާ ކުދިންނަށް، ގިނަ ފަހަރަށް ވަރަށް ޔަންގް ކުދިން މި ދަނީ އެ ކުދިންނަށް އެ ކުދިންގެ އެޑިއުކޭޝަނަލް ކޮމްޕޯނެންޓް. އެ ކުދިންނަށް އޯ ލެވަލް އަހަރުގައި އޯ ލެވަލް އަހަރުގައި އަނބުރާ މައިންބަފައިން ކައިރިއަށް އަންނަން ނުޖެހި ޓްރެއިނިން އިންސްޓިޓިއުޓެއްގައި، ރާއްޖޭން ބޭރުގައި ވިޔަސް ރަށަކުން މާލެ އައި ކަމުގައި ވިޔަސް އެ ކުދިންނަށް އެ ކުދިންގެ ކިޔެވުމަށް ބޭނުންވާ ހަރަދު އަރުތަ ޕްރޮގްރާމްގެ ތެރެއިން ގެންދެވޭނެ. އެއީ، އެ ކުދިންގެ ޓްރެއިނިން ޕްރޮގްރާމް ހުއްޓައިނުލައި ކުރިއަށްގެންދިއުން ކަށަވަރުވެގެންދާނެ ކަމެއް،" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، "އަރުތަ" ޕްރޮގްރާމް އުސޫލެއްގެ ތެރެއިން ކުރިއަށްގެންދިއުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އެ ކުދިންގެ ޓްރެއިނިން ޕްރޮގްރާމް ދަނީ ކިހާ ރަނގަޅަށްތޯ ޓްރެއިނިން، އެ ކުދިން އެޓެންޑް ކުރަނީ ކިހާ ވަރަކަށްތޯ އެ ކަން އަޅުގަނޑުމެންނަށް ރިވިއުކޮށްގެން ބެލެނީ ކިހާ އަވަަހަކަށްތޯ، ކުއްޖަކު، ސްކޮލަޝިޕަކަށް ފޮނުވާއިރު، އެ ކުދިންގެ ޓްރެއިނިން އަށް ވާނުވާ ރެގިއުލާކޮށް މޮނިޓާ ކުރެވޭނެ ނިޒާމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް. އެއީ، އެތުލީޓުންނަށް ވެސް، އެތުލީޓުންގެ މައިންބަފައިންނަށް ވެސް، އެސޯސިއޭޝަނަށް ވެސް، އެ ކުދިންނަށް ވާނުވާ އެނގިގެންދާނެ އަރުތަ ޕްރޮގްރާމްގެ ތެރެއިން،" ރާފިއު ވިދާޅުވި އެވެ.
އަރުތަ ޕްރޮގްރާމް ވިލަރެސް ކުރާނެ ކޮމިޓީ އަކ،ީ އަރުތަ ޕުރޮގުރާމުގައި ބައިވެރިވުމަށް މިނިސްޓްރީއަށް ހުށަހަޅާ އެތުލީޓުންގެ ތެރެއިން މި ޕްރޮގުރާމުގައި ބައިވެރިކުރާނެ އެތުލީޓުން ހޮވާނެ ކޮމިޓީ އެވެ. އެ ގޮތުން، މި ކޮމިޓީ އެކުލެވިގެންވާނީ ފަސް މެމްބަރުންގެ މައްޗަށެވެ. މި ކޮމިޓީގެ މެންބަރުން އައްޔަނުކުރާނ،ީ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތިން ކުޅިވަރާބެހޭ މިނިސްޓަރެވެ. ކޮމިޓީގައި ހިމެނޭނީ، މިނިސްޓްރީ ތަމުސީލުކުރާ އެއް މެމްބަރާއި ކުޅިވަރާބެހޭ ޤައުމީ މަޖިލިސް ތަމްސީލުކުރާ އެއް މެމްބަރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ތަމްސީލް ކުރާ މެމްބަރަކާއި މިނިސްޓަރު އައްޔަނުކުރާ އަންހެން މެމްބަރެއްގެ އިތުރުން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ އެއް މެމްބަރެވެ. ޤައުމީ ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލުކުރާ މެންބަރު ހޮވާނީ އެސޯސިއޭޝަންތަކުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެެއް ކަމަށް ގަވާއިދުގައި ވަނީ ހިމަނައިފަ އެެވެ.
މި ކޮމިޓީގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނ،ީ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އަދި، ކޮމިޓީގެ ޖަލްސާ ބޭއްވޭނ،ީ ކޮމިޓީގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި، ހަތަރު އަަހަރުގެ ދައުރަކަށް ހޮވާ ކޮމިޓީގެ އެއްވެސް ނިންމުމެއް ނިންމޭނ،ީ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި، ކޮމިޓީގެ މެންބަރުންގެ ދައުރު ހަމަވުމުގެ ކުރިން ވަކިކުރެވޭނ،ީ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތީނ،ް ކުޅިވަރާބެހޭ މިނިސްޓަރަށެވެ.
މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަރުތަ ޕުރޮގުރާމުގެ ސިލެކްޝަން ކޮމެޓީ އެކުލަވައިލާތާ 45 ދުވަހުގެ ތެރޭގައި މި ކޮމެޓީން ސިލެކްޝަން ކްރައިޓީރިއާއެއް އެކުލަވައިލައިފައ،ި ކުޅިވަރާބެހޭ ޤައުމީ މަޖިލީހަށް ހުށަހަޅަންވާނެ އެވެ. އަދި، ސިލެކްޝަން ކްރައިޓީރިއާގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާނ،ީ އަރުތަ ޕްރޮގުރާމުގެ ސިލެކްޝަން ކޮމިޓީންނެވެ. އަދި، އަރުތަ ޕުރޮގުރާމާ ގުޅިގެން ޝަކުވާ ހުށަހަޅާނެ ގޮތުގެ އުސޫލެއް، އަރުތަ ޕުރޮގުރާމުގެ ސިލެކްޝަން ކޮމިޓީން އެކުލަވައި ލަންވާނެ އެވެ. އަދި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަރުތަ ޕްރޮގްރާމްގެ ގަވާއިދު ޝާއިޢުކުރާތާ 60 ދުވަހުގެ ތެރޭގައި މި އުސޫލު އެކުލަވައިލަން ވާނެ އެވެ.
އަރުތަ ސްކޮލަޝިޕްގެ ކަންކަން މެނޭޖްކުރުމުގައި ކޮމިޓީގެ މައްޗަށް ބޮޑެތި ޒިންމާތަކެއް އޮންނާނެ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
"އަރުތަ ސްކޮލަޝިޕްގެ ކޮމިޓީން ރިވިއުކުރެވިގެން ބަލަމުންދާނެ އެ ކުދިންގެ ޓްރެއިނިން އާއި ޕްރޮގްރެސް ދަނީ ކިހިނެއްތޯ، މި ދެ ބަދަލުގެ ސަބަބުން އެ ކުދިންނަށް ލިބޭ ކުރިއެރުން އެތައް ގުނައަކުން ރަނގަޅުވެގެންދާނެ ކަމަށް ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
Comment