Advertisement

ކޯމޯ އަތުން ބޮޑު މޮޅެއް ހޯދައި އިންޓަ އެއް ވަނަ އަށް

about 3 hours 0


ކޯމޯ އަތުން ބޮޑު މޮޅެއް ހޯދައި އިންޓަ އެއް ވަނަ އަށް

about 3 hours 0

މިލާން (ޑިސެމްބަރު 7) - އިޓާލިއަން ލީގުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި ކޯމޯ އަތުން 4-0 އިން ބޮޑު މޮޅެއް ހޯދައި އިންޓަ މިލާނުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި ނަތީޖާއާ އެކު، އިންޓަ އިން އެއް ވަނައިގައި އޮތީ 14 މެޗުން 30 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނާއި ތިން ވަނައިގައި އޮތް ނަޕޯލީ އަށް 13 މެޗުން ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިންޓަ އިން ރޭގެ މެޗުގެ 11 ވަނަ މިނިޓްގައި ވަނީ ލީޑުނަގައިފަ އެވެ. ލުއިސް ހެންރީކޭ ދިން ބޯޅައަކުން މި ލަނޑު ޖެހީ ލަޓާރޯ މާޓީނޭޒް އެވެ. އިންޓަ އިން މެޗުގައި އަނެއް ތިން ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

އެ ގޮތުން، މެޗުގެ 59 ވަނަ މިނިޓްގައި، ފްރަންޗެސްކޯ އަޗޭބީ ދިން ބޯޅައަކުން އިންޓަގެ ލީޑުފުޅާކޮށްދިން ލަނޑު ޖެހީ މާކަސް ތުރާމް އެވެ. ދެ ގޯލުގެ ލީޑަކާ އެކު، ހަމަޖެހިލައިގެން ކުޅެމުންދިޔަ އިންޓަ އިން އަނެއް ދެ ލަނޑު ޖެހީ މެޗުގެ ފަހު، 10 މިނިޓްގެ ތެރޭގަ އެވެ.

ތުރުކީގެ މިޑްފީލްޑަރު، ހަކަން ޗަނޮނޯލޫ، މެޗުގެ 81 ވަނަ މިނިޓްގައި އިންޓަގެ ތިން ވަނަ ލަނޑު ޖެހިއިރު، އޭގެ ފަސް މިނިޓް ފަހުން، އިންޓަގެ ފަހު ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި ކާލޯސް އަގުސްޓޯ އެވެ. މިއީ، ފެޑެރީކޯ ޑިމާކޯ ދިން ބޯޅައަކުން ކުޅެން އެރިތާ ދިހަ ވަރަކަށް މިނިޓް ތެރޭ އަގުސްޓޯ ޖެހި ގޯލެކެވެ.

ސެސްކް ފަބްރެގަސްގެ ކޯޗުކަމުގައި ކުޅޭ ކޯމޯ އިން މި މެޗުގެ ނަތީޖާއާ އެކު، ލީގުގެ ހަ ވަނައިގައި މި ވަގުތު އޮތީ 14 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.