Advertisement

މެސީގެ މިއާމީން ފުރަތަަމަ ފަަހަރަށް އެމްއެލްއެސް ކަޕް ކާމިޔާބުކޮށްފި

about 3 hours 0


މެސީގެ މިއާމީން ފުރަތަަމަ ފަަހަރަށް އެމްއެލްއެސް ކަޕް ކާމިޔާބުކޮށްފި

about 3 hours 0

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 7) - ވެންކޫވާ ވައިޓްކެޕްސް 3-1 އިން ބަލިކޮށް ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅޭ އިންޓަ މިއާމީން އެމްއެލްއެސް ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި، މިއާމީގެ ޓަޑެއޯ އަލެންޑޭ ހުއްޓުވަން އުޅުމުގެ ތެރޭގައި ވެންކޫވާގެ އެޑިއާ އޮކަމްޕޯ އަތުން ބައިކޮޅަށް ވަން ގޯލުން މިއާމީން ލީޑުނެގި އެވެ.

ވެންކޫވާ އިން އެއްވަރުކުރަން ކުރި މަސައްކަތުގައި އެމަނުއަލް ސަބީ ޖެހި ބޯޅަ މިއާމީ ކީޕަރު ރޮކޯ ރިއޯސް ވަނީ މަތަކޮށްފަ އެވެ. އަދި، ވެންކޫވާގެ ތޯމަސް މުލާ ޖެހި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. މެޗުގެ 60 ވަނަ މިިނިޓްގައި ވެންކޫވާގެ އަލީ އަހުމަދު އެ ޓީމަށް ލަނޑެއް ޖަހައިދީ އެއްވަރުކޮށްދިނެވެ.

މިއާމީން ދެ ވަަނަ ފަހަރަށް ލީޑުނެގީ 71 ވަނަ މިނިޓްގައި މެސީ ދިން ބޯޅައަކުން ރޮޑްރީގޯ ޑެ ޕޯލް ޖެހި ގޯލުންނެވެ. އަދި، މެޗުގެ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި، މެސީ ދިން ބޯޅައަކުން އަލެންޑޭ ޖެހި ލަނޑާ އެކު މިއާމީން ވަނީ ތަށި ޔަގީންކޮށްފަ އެވެ.

މި ނަތީޖާއާ އެކު، މިއާމީން އެމްއެލްއެސް ކަޕް ފުރަތަމަ ފަހަރަށް ކާމިޔާބުކުރިއިރު، މިއީ ހަވިއޭ މަޝެރާނޯގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ރަސްމީ ތަށްޓެވެ. އަދި، މިއާމީން ވަނީ ފައިނަލަށް ކުރި ދަތުރުގައި އީސްޓާން ކޮންފަރެންސް ވެސް ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗަކީ، ފުޓްބޯޅަ ކެރިއަރުގައި، މިއާމީގެ ސްޕެއިން ދެ ލެޖެންޑުން ކަމަށްވާ ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސްގެ ފުޓްބޯޅަ ކެރިއަރުގެ ފަހު މެޗެވެ. އެ ދެ ކުޅުންތެރިން ވެސް ވަނީ މި ސީޒަނަށް ފަހު ރިޓަޔާކުރަން ނިންމައިފަ އެވެ.