34 minutes 0
34 minutes 0
ވޮޝިންޓަން ޑީސީ، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 5) - ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ފުރަތަމަ ފަހަރަށް ދިން ސުލްހަ އަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ އަގުވަޒަންކުރުމުގެ އިނާމް، ޕީސް ޕްރައިޒް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަރުވައިފި އެވެ.
ފީފާ އިން ޓްރަމްޕަށް މި މަގާމު ދިނީ، މިހާރު ކުރިއަށްދާ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. އަންނަ އަހަރުގެ ޖޫން/ޖުލައި މަހު ފީފާ ވޯލްޑް ކަޕް ކުރިއަށްދާނީ އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގަ އެވެ.
މި މަގާމު ޓްރަމްޕަށް އެރުވުމާ އެކު، އޭނާ ވިދާޅުވީ، މިއީ، ހަޔާތުގައި ވެސް ލިބިގެންދިޔަ އެންމެ ޝަރަފުވެރި އެއް އަގުވަޒަންކުރުމުގެ އިނާމު ކަމަށެވެ. އޭނާ ވިދާޅުވީ، މީގެ އަހަރެއް ކުރިން އެމެރިކާ އަކީ އެހާ މަޝްހޫރު ގައުމެއްގެ ގޮތުގައި ބައެއް ކަަންކަމުގައި ނެތް ކަމުގައި ވިޔަސް މިހާރު އެއީ އެންމެ ތަފާތު ގައުމުގެ ގޮތުގައި ގިނަ ބަޔަކަށް ފެނިގެންދަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ.
"އަހަރެމެން ވަރަށް ގިނަ ފުރާނަ ސަލާމަތްކޮށްފިން. މިސާލަކަށް ކޮންގޯ ބަލަމާ، 10 މިލިއަން މީހުން މަރުވި، މިސްރާބު ހުރީ އިތުރު 10 މިލިއަން މީހުން މަރުވުމާ ދިމާލަށް. (އެކަމަކު އެ އަށް ހައްލެއް ހޯދައިދިނިން). ދެން، މިސާލަކަށް ބަލަމާ އިންޑިއާ އާއި ޕާކިސްތާނުން ދިޔައީ ހަނގުރާމަ އަކަށް ތައްޔާރުވަމުން، އަހަރެމެން އެކަން ވެސް ހުއްޓުވިން،" ޓްރަމްޕް ވިދާޅުވި އެެވެ.
ޓްރަމްޕް ވިދާޅުވީ އަންނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގެ މަސައްކަތް ފުރިހަމަ ކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައި ކުރައްވަމުން އަންނަނީ ރެކޯޑް މަސައްކަތެއް ކަމަށެެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment