Advertisement

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތުހަމަނުވާތީ ކުޑޫގެ ކަންބޮޑުވުން

4 ޑިސެންބަރު 2025 - 20:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުހައްމަދު އިބްރާހިމް: ހިޔާވެހި ފައިނޭންސިން - ފަހިމާލެ، އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ އޭނާ ވަނީ މުއިއްޒުއަށް ސިޓީއެއް ފޮނުވާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތުހަމަނުވާތީ ކުޑޫގެ ކަންބޮޑުވުން

4 ޑިސެންބަރު 2025 - 20:01 0

ގެދޮރު ބިނާ ކުރަން ދޫކުރާ ހިޔާވެހި ފައިނޭންސިން ގިނަ ބަޔަކު ޝަރުތުހަމަނުވާތީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވާ މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ކުޑޫ ވިދާޅުވީ ހިޔާވެހި ސްކީމުން ފައިސާ ދޫކުރުމުގެ އުސޫލުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ މިންގަނޑުތަކަކީ އާންމު އުސޫލުން ބޭންކުތަކުން ލޯނު ދޫކުރާ މިންގަނޑުތަކަކށްވާތީ، އޭގެ ސަބަބުން ގިނަ ބަޔަކު ލޯނަ ޝަރުތު ހަމަނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެގޮތުން އެކަމާ މެދު ވިސްނާވަޑައިގެން، ހިޔާވެހި ލޯން ސްކީމަށް ޝަރުތު ހަމަވުމުގައި ލުއި ގޮތެއް ހަދައިދިނުމަށް ކުޑޫގެ ސިޓީގައި އެދިފައިވެ އެވެ.

"ގިނަ ރައްޔިތުންތަކެއް ލޯނަށް ޝަރުތުހަމަނުވާ ކަމުގެ ޝަކުވާ ލިބެމުންދާތީ، މި ކަމާމެދު ވިސްނާވަޑައިގެން، މިކަމަށް ލުއިގޮތެއް ހައްދަވައިދެއްވައި، ރައީސް މުއިއްޒުއަށް އަޅުގަނޑުވާނީ ސިޓީއެއް ފޮނުވާފައި،" ކުޑޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އުސޫލުގައިވާ ގޮތުން އާމްދަނީގެ 40 ޕަސަންޓަށްވުރެން ލޯނަށް ދައްކަންޖެހޭ އަދަދު ބޮޑުނަމަ ލޯނަށް ޝަރުތު ހަމަނުވާ ކަމަށާއި ހަ މިލިއަން ރުފިޔާގެ ލޯނެއް ފަސް ޕަސަންޓް އިންޓްރެސްޓުގައި 25 އަހަރުން ދައްކާ ގޮތަށް ނަގާނަމަ މަހަކު 35،000ރ. ލޯނަށް އަނބުރާ ދައްކަން ޖެހޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުސޫލުގައި އިމާރާތުގެ 80 ޕަސަންޓް ދިރިއުޅެން ބޭނުން ކުރަން ޖެހޭކަމަށް އޮތުމުން، ކުއްޔަށް ދީގެން އާމްދަނީ ހޯދައިގެން ލޯނު ދެއްކޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

ސަރުކާރުން ދޫކުރަނީ ހިޔާވެހި ފަހިމާލެ، ހިޔާވެހި ސަހަރު، ހިޔާވެހި ރަށްވެހި ނަމުގައި ދޫކުރާ ލޯނުތަކެކެވެ. މާލެ ސަރަހައްދަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ. ސަހަރަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، ރަށްވެހި ލޯނުގެ ގޮތުގައި ދޫކުރަނީ އެއް މިލިއަން ރުފިޔާ އެވެ.

މިއަހަރު ހުޅުވާލި ފުރުސަތުގައި ހިޔާވެހި ލޯނަށް އެދުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެ ލޯނަށް އެދުނު ގިނަ މީހުންގެ ޝަރުތު ފުރިހަމަ ނުވި ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. ލޯނަށް އެދެންޖެހެނީ ސަރުކާރުގައި ނަމަވެސް ލޯނުގެ ފައިނޭންޝަލް އެލިޖިބިލިޓީ ކަނޑައަޅަނީ ބޭންކުތަކުންނެވެ.

އެނގިފައިވާ ގޮތުގައި، ފައިނޭންޝަލް އެލިޖިބިލިޓީ ކަނޑައެޅިއިރު، ހިޔާވެހި ލޯނުތަކަށް ބޭންކުތަކުން ހާއްސަ އުސޫލެއް ނުގެންގުޅެ އެވެ. ފައިނޭންޝަލް އެލިޖިބިލިޓީ އާންމުކޮށް ކަނޑައަޅަނީ ލިބޭ އާމްދަނީ އާއި އިކުއިޓީއަށް ބަލައިފަ އެވެ.